ދިވެހިރާއްޖެ
ޕަބްލިކް ސަރވިސް މީޑިއާ
މާލެ، ދިވެހިރާއްޖެ
އިޢުލާން ނަންބަރު |
(IUL)PSM-HA/PSM/2025/206 |
އިޢުލާން
ޕީއެސްއެމްގެ 4937 ނަންބަރު ކާރު ނީލަން ކިޔުން
މި ކުންފުނީގައި ހަލާކުވެފައިވާ 4937 ނަންބަރު ކާރު ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. އަދި ނީލަން ކިޔުމުގެ ކުރިން މި ކާރު ބައްލަވާލެއްވުމުގެ ފުރުޞަތު، 13 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 10:30 ގައި ކުންފުނީގެ ޓީވީ ބިލްޑިންގ އަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ. އަދި ނީލަން އަގު ހުށަހެޅޭނީ ތަކެތި ބައްލަވާލެއްވުމަށް ބައިވެރިވެ ނަން ނޯޓްކުރައްވާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. ނީލަން ކިޔުން އޮންނާނީ އެދުވަހުގެ މެންދުރުފަހު 14:00 ގައި ޓީވީ ބިލްޑިންގ ގައެވެ. ނީލަން ކާމިޔާބު ކުރައްވާ ފަރާތުން، ނީލަން ކިޔާ ދުވަހު ފައިސާ ދައްކަވައި، 14 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ތަކެތި ގެންދަވައި ހުސްކުރައްވަންވާނެއެވެ.
08 އޮކްޓޯބަރ 2025