މަސައްކަތް
ނަންބަރު: GS-131/2015/21
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:30
ސުންގަޑި: 29 އޮކްޓޫބަރު 2015 11:30
ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
މަސައްކަތްތައް ކުރުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދައުވަތު.  

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ބޭނުންވެއެވެ.        

- ހޯލް އިމާރާތުގެ ކްލާސްރޫމްތަކުގައި ދޮރާއި ދޮރުފަތް ހަރުކުރުން

- ޕްރިންސިޕަލް ކެބިންގެ ޕާޓިޝަން ޖެހުމާއި އޮފީސް އިމާރާތުގެ ބޮޑު ދޮރުފަތްތައް ބަދަލުކުރުން

ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރި 11:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުކުރި 11:30 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. ނަމަވެސް، ސީދާ އަންދާސީހިސާބު ހުށަހަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ބަދަލުގައި ހާޒިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބުތައް ހުށަހަޅުއްވާއިރު، ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ހުށަހަޅާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައިކަމުގައި ވުމާއެކު، ގަޑިއަށް ހާޒިރުވުމަށް ސަމާލުކަންދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6600017 އާ ގުޅުއްވުން އެދެމެވެ.

07 މުހައްރަމް 1437

20 އޮކްޓޫބަރު 2015