ދިވެހިރާއްޖެ
އިޢުލާން
ފ. އަތޮޅުގައި ހިންގާ ޖަމިއްޔާތަކުން ރާވާ ހިންގާ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.
v ގްރާންޓްގެ ނަން: ފ. އަތޮޅުގެ ކުލަބް ޖަމިއްޔާތަކުން ރާވާ ތަރައްޤީގެ ޕްރޮގްރާމްތަކަށް މާލީ އެހީ ދިނުން
v އެހީގެ ފައިސާދެވޭ މިންވަރު: ފ. އަތޮޅުގެ ކޮންމެ ރަށަކުން ހޮވާލެވޭ ޖަމްޢިއްޔާއަކަށް 100,000.00 (އެއްލައްކަ) ރުފިޔާ
v ސުންގަޑި: 2025 އޮކްޓޫބަރު 26 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން
v ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ގޮތް: މި އިދާރާއަށް ނުވަތަ މި އިދާރާގެ [email protected] މެއިލްއަށް
v ޕްރޮޕޯސަލް ހުށަހެޅޭނެ ފަރާތް/ތައް: ފ. އަތޮޅުގެ ރަށަކަށް ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ ފ. އަތޮޅުގެ ރަށްރަށުގައި ހަރަކާތް ހިންގާ އަދި އެކުލަބެއް / ޖަމިއްޔާއެއްގެ ހިންގާ ކޮމެޓީގެ މެންބަރުންގެ ތެރެއިން ގިނަ މެމްބަރުންނަކީ މި އަތޮޅުގެ ރަށްވެހިން ކަމުގައި ހިމެނޭ ކްލަބު ޖަމިއްޔާ ޖަމާޢަތްތައް
މި އިޢުލާނާއެކު، މިއިދާރާއިން ފ. އަތޮޅުގެ "ޖަމްޢިއްޔާ ޖަމާއަތްތަކަށް މާލީ އެހީދިނުމުގެ ޤަވާޢިދު" އާއި އެ ޤަވާއިދުގެ ދަށުން " ޕްރޮޕޯސަލްތައް ވަޒަންކުރާނެ މިންގަނޑު" އަދި "ކްލަބު ޖަމިއްޔާތަކުން އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ފޯމް" ޝާއިޢު ކުރަމެވެ.
16 ރަބީޢުލްއާޚިރު 1447
08 އޮކްޓޫބަރު 2025