މަސައްކަތް
ނަންބަރު: (IUL)365-ESD/365/2025/112
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 21:56
ސުންގަޑި: 15 އޮކްޓޫބަރު 2025 11:00
މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހޯދުން

އިޢުލާން

  މުލީ އައު ވޮލީކޯޓުގައި މެހެމާނުންތިބޭ ސްޓޭޖް ހެދުމުގެ މަސައްކަތް، ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

#

ތަން

މަސައްކަތު މައުލޫމާތު

1

ބޮޑުމިން

ސްޓޭޖުގެ ދިގުމިނަކީ 19 ފޫޓެ، އަދި ފުޅާމިނަކީ 10 ފޫޓެވެ.

2

ފައުންޑޭޝަން

2 ކޮޅު 10 ފޫޓު / ކުރިމަތީ ފާރު 19 ފޫޓު ފައުންޑޭޝަން އަޅާއިރު ( 2 ސިޑީގެ 2 ފޫޓު ) ކޮންމެ ކޮޅަކުން ނެރެންވާނެ/ 6އިންޗި 6 އިންޗި ފައުންޑޭޝަން ( ފައުންޑޭޝަން ދަގަނޑު ހުޅަނގު ފާރާއި ގުޅާލަން ވާނެއެވެ.

2.1

ތަނބު ބުރިތައް

ނަމްބަރު 2 ގައި އެބުނާ ކުރިމަތީ ފާރުގެ 2 ކަނާއި މެދު އަދި 2 ކޮޅުގެ މެދުން 6 އިންޗި ފުޅާ 4 އިންޗި ބޯމިނުގެ ތަނބު ބުރިތަކެއް އެޅުން ( ޖުމްލަ 5 ތަންބު ބުރި / ތަނބުގެ އުސްމިނަކީ ބޭރު ފާރުގެ އުސްމިން) އަދި އުސްކުރާ 3 ފާރު ކޮޅަށް ތަނބު އުސްކުރަން ވާނެއެވެ.  އަދި ހުޅަނގު ފާރުގައިވެސް 3 ތަނބު ހުންނާނެއެވެ. އަދި އެ ތަނބު ތަކުގެ މަސައްކަތް ކުރިޔަށް ގެންދާނީވެސް ތިރީގައި އެވާގޮތަށެވެ.

ހުރިހާ ތަނބު ތަކެއްވެސް އަޅާނީ ފާރު ރާނަމުންދާއިރު ތަންބު އެޅުމަށް ޖާގަ ހުސްކޮށް ބެހެއްޓުމަށްފަހު ފައުންޑޭޝަނުން ފެށިގެން  ފާހަގަ ކޮށްފައިވާ މިންތަކުގައި ފާރު އެއްވާގޮތަށް އޮއްސައިގެނެވެ.

3

ފާރުތައް

ސްޓޭޖުގެ 4 ފާރު ރާނާ ދެފުށު ސިމެންތި ޖެހުން ( ކުރިމައްޗާއި ދެކޮޅު ފާރުގެ އުސްމިނަނަކީ 3 ފޫޓު – އަދި ހުޅަންގު ފާރުގެ އުސްމިނަކީ 8 ފޫޓު އުސްމިނެވެ. ހުޅަނގު ފާރު ރާނާނީ މިހާރު ހުރި ފާރުގެ މަތިން ފެށިގެންނެވެ. އެހެންކަމުން ހުޅަނގުފާރުން ރާނަންޖެހޭނީ 6 ފޫޓު އުސްމިނުގެ ފާރެކެވެ)

* ސްޓޭޖުގެ 2 ކޮޅުގެ 2 ފާރު 5 ފޫޓު ފުޅާ  ( ހުޅަނގު ފާރުން ފެށިގެން ސްޓޭޖުގެ މެދާ ހަމަޔަށް)  އިރުމަތީ ކޮޅު 7 ފޫޓު އުސް ހުޅަނގުކޮޅު ނިމޭނީ ހުޅަނގު ފާރުގެ މަތީ ކައިރިއަށެވެ.  މި ފާރުގެ އުސްމިނުގެ ޖުމްލައަކަށް ވާނީ  ސްޓޭޖަށް ރާނާ 3 ފޫޓުގެ ފާރުގެ މަތިން ފެށިގެން 7 ފޫޓެވެ.  ގަލުގެ ސައިޒަކީ 4 އިންޗީގެ ގަލެވެ.

4

ފާރު މަތީ ބީމު

ނަމްބަރު 3 ގައި އެބުނާ ހުޅަނގު ފާރާއި ދެކޮޅު ދެފާރު ގުޅޭ ގޮތަށް ޖުމްލަ 29 ފޫޓު ދިގުމިނުގެ ފާރުގެ މަތީގައި 6 އިންޗި އުސް 4 އިންޗި ފުޅާ  ބީމެއް ދުއްވުން

5

ތަޅުންއެޅުން

މަތީ ތަޅުންއަޅާނީ 2 ފޫޓު 2 ފޫޓުން ރިންގު ދަގަނޑުން ގޮޅި ހަދައިގެން ދަގަނޑު ލައްވައިގެންނެވެ. ތަޅުން އަޅާނީ 2 ބަޔަކަށެވެ. ސްޓޭޖުގެ ކުރިމަތީ 5 ފޫޓު ސްޓޭޖުގެ މަތީ ކައިރިއަށެވެ / ފަހަތު 5 ފޫޓުގެ ތަޅުން އަޅާނީ ކުރިމަތީ ތަޅުމަށްވުރެ ދޮޅުފޫޓު އުސްކޮށެވެ.

 ( ސްޓޭޖަށް މިހާރުވެސް ވާނީ ވެލި އަޅާފައެވެ.  އަދި އިތުރަށް ބޭނުންވާ ވެލި ނަގާނީ ވޮލީކޯޓު ބޭރުގައިހުރި ދޮންވެލި ފޫނިންނެވެ.

6

2 ސިޑި ނުވަތަ ރޭމްޕު

ކުރެހުމުގެ ހުޅަނގު ކޮޅުގައިވާ ގޮތަށް ދެކޮޅުގައި 2 ފޫޓު ބައި ފުޅާމިނުގެ  2 ރޭމްޕް ހަދަން ވާނެއެވެ   ( ތަޅުން އަޅާނީ ހިނގާ މީހުން ނުކައްސާގޮތަށް )

7

މަސައްކަތަށްބޭނުންކުރާ ތަކެތި

ފައުންޑޭޝަންތައް އަޅާނީ  ހިލަ/ ހިލަވެލީގައި  10 މމ 2 ދަގަނޑު ލައްވައިގެންނެވެ. އަދި އޮއްސާ ތަނބުތަކުގެ މަސައްކަތް ކުރާނީވެސް މި މިންގަނޑުގައެވެ.  ( ރާނާ ސިމެންތިޖަހާނީ އާދައިގެ ދޮންވެލީގައެވެ.  މި ދޮންވެލި  ކޯޓުގެ ބޭރުގައި މިހާރުވެސް ހުންނާނެއެވެ. ސިމެންތި ޖަހާނީ ވެލި ފުރާނައިގެންނެވެ. މި ތަނުގައި ހުރި ވެލިން ނުވާނަމަ ކައުންސިލްގެ ވެލި ފޫނިން ވެލި ލިބޭނެއެވެ.  ނަމަވެސް އެވެލި ގެންނަން ވާނީ މަސައްކަތް ކުރާ ފަރާތުންނެވެ. 

8

ބަދަލް ގެނައުން

މަސައްކަތް ކުރަމުންދާއިރު ކައުންސިލަށް ފެންނަ ކުދިކުދި ބަދަލްތަށް އެއްވެސް އަގަކާ ނުލާ ކޮށްދެވެން ވާނެއެވެ.

9

މުއްދަތު

30 (ތިރީސް) ދުވަސް

10

ކޯޓޭޝަން ހުށަހެޅުން

ކޯޓޭޝަންތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 11:00 ގައި  މުލަކަތޮޅު މުލީ ކައުންސިލް އިދާރާގެ މީޓިން ހޯލްގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ އެއްވެސް ކޯޓޭޝަންއެއް ބަލައެއް ނުގަނެވޭނެއެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ކޯޓޭޝަން ހުށަހެޅުމަށް ވަޑައިގެނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން  އަންގައިދޭ ލިޔުމަކާއި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ގެންނަންވާނެއެވެ. އަދި ދަންނަވަމެ، ސްޓޭޖްގެ ކުރެހުމެއް މިމައުލޫމާތު ޝީޓާއެކު އެއްހީރަސް ކުރެވިފައި ވާނެއެވެ.

08 އޮކްޓޫބަރު 2025