ދިވެހިރާއްޖެ
އިޢުލާން ނަންބަރު: (IUL)386/386/2025/98
ޕްރޮޖެކްޓް ނަންބަރު: 2025/08
އިޢުލާން
ތ.ގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ގޯތީގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން
ތ.ގުރައިދޫ އތމ.ކޮމިޓީގެ ފަރާތުން ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ގޯތީގެ ވަށާފާރު އަމިއްލަ ތަކެތީގައި ރާނައިދިނުމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޝަތު ހުޅުވާލަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 އޮކްޓޫބަރު 14ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ބިޑް ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.
ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 2025 އޮކްޓޫބަރު 15ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާގުޅިގެން ސަމާލުކަން ދޭންވީކަންކަން ހިއްސާކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބުދިނުން އޮންނާނެއެވެ.
ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2025 އޮކްޓޫބަރު 16ވަނަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
އެޑްރެސް: ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ފޯން: 6780715
އީމެއިލް އައިޑީ: [email protected]
ބީލަން ހުޅުވުން އޮންނާނީ 2025 އޮކްޓޫބަރު 19ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
16 ޖުމާދަލްއާޚިރް 1447
08 އޮކްޓޫބަރު 2025