|
:މަގާމު
|
ޑިރެކްޓަރ، ޕްރޮގްރާމްސް، ރިސާރޗް އެންޑް އެޑްވޮކެސީ
|
|
:ބޭނުންވާ ޢަދަދު
|
1 (އެކެއް)
|
|
ް:މަގާމުގެ ބާވަތ
|
ދާއިމީ
|
|
:މަގާމުގެ ރޭންކް
|
(ޓެކްނިކަލް) DMT5-1
|
|
:ސެކްޝަން / ޔުނިޓް
|
ޕްރޮގްރާމްސް، ރިސާރޗް އެންޑް އެޑްވޮކެސީ
|
|
:އޮފީސް
|
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ
|
|
:ވަޒީފާ އަދާކުރަންޖެހޭ ތަން
|
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
|
|
:މުސާރަ
|
މަހަކު -/12865 ރުފިޔާ
|
|
:ސަރވިސް އެލަވަންސް
|
މަހަކު -/5790 ރުފިޔާ
|
|
:ސްޕެޝަލް ޑިއުޓީ އެލަވަންސް
|
މަހަކު -/5790 ރުފިޔާ
|
|
:އިތުރު އިނާޔަތްތައް
|
1. މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
|
:މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް
|
- ކާރިސާގެ ހާލަތެއް ދިމާވެއްޖެނަމަ އެކަމަކުން ސަލާމަތްވެ އާންމު ހާލަތައް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، ރާއްޖެއަށް ކުރިމަތިވެދާނެ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން ދޭންޖެހޭ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިއޮތޯރިޓީ ހިންގެވުމާއި ޙަވާލުވެ ހުންނަ އެންމެ އިސްފަރާތުގެ އިރުޝާދާއެކު ކުރުން.
- ކާރިސާއެއްގެ ކުރިން، ރަށްތަކަށް ކުރިމަތިވެދާނޭ ކާރިސީ ހިރާސްތައް ދެނެގެ ގެއްލުން ކުޑަކުރުމާއި ގުޅޭ އެންމެހާ މައުލޫމާތު ރަށްތަކާއި ހިއްސާކުރުމާއި، ކާރިސާގެ ވަގުތުގައި ނުރައްކަލާގުޅޭ މަޢުލޫމާތުތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައްކުރުމާއި އެފަދަ މަޢުލޫމާތުތައް ރަށްތަކަށާއި ފޯރުކޮށްދެވޭކަން ކަށަވަރުކުރުން.
- ކާރިސީ ހިރާސްކުޑަކުރުމުގެ ދާއިރާއާއި ގުޅޭގޮތުން ސަރުކާރުން ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް މިޮތޯރިޓީ ހިންގެވުމާއި ޙަވާލުވެ ހުންނަ އެންމެ އިސްފަރާތުގެ އިރުޝާދާއެކު ކުރުން.
- ރާއްޖޭގެ ރަށްތަކަށް ކާރިސީ ހިރާސް އޮތް މިންވަރު ދެނެގަތުމަށް ބޭނުންވާ އެސެސްމަންޓްތައް، ރަށު ކައުންސިލްތަކާއި ކަމާއިގުޅޭ އެހެނިހެން އިދާރާތަކާއި ގުޅިގެން ތައްޔާރުކުރުމުގެ މަސައްކަތްތައް އިސްވެ ބެލެހެއްޓުން.
- ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ކާރިސާތަކަށް ތައްޔާރުވުމުމާއި ގެއްލުންކުޑަކުރުމުގެ ޕްރޮގްރާމްތައް ޤައުމީ އަދި ބައިނަލްއަޤްވާމީ އެކިއެކި ޖަމިއްޔާ އަދި ޖަމާޢަތްތަކާއި ގުޅިގެން، ރާއްޖޭގެ ރަށްރަށުގައި އިސްވެ ރާވާ ހިންގުން.
- ރާއްޖެއާއި ރާއްޖޭން ބޭރުގެ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރާއްޖޭން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓަންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނަރތައް ރާވާ ހިންގުމަށް ބޭނުންވާނޭ އެހީތެރިކަމާ އެންބާރުލުން ދިނުން.
- ރާއްޖެއާއި ރާއްޖެއިން ބޭރުން (ޑިޒާސްޓަރ ރިސްކް ރިޑަކްޝަނާއި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަންއާއިގުޅޭ) ލިބޭ ޓްރޭނިންތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަމުގެ ތަމްރީނު ލިބި އެކަމާއިގުޅޭ ޓްރޭނިންގތައް ހިންގައި މީހުން ބިނާކުރުކުގެ މަސައްކަތުގައި ރާވާ ހިންގުން.
- ކާރިސާއެއް ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން ރައްޔިތުންގެ ތެރޭގައި އިތުރުކުރުމަށް ރާއްޖޭގެ ކަންކޮޅުތަކުގައި ޕްރޮގްރާމްތައް ހިންގާނޭ ވަސީލަތްތައް ގާއިމުކޮށް މަޢުލޫމާތު ރައްޔިތުންނަށް ޙިއްސާކުރުން.
- ކާރިސާތަކަށް ތައްޔާރުވުމާއި ކާރިސީ ހިރާސްކުޑަކުރުމާއި ގުޅޭގޮތުން ހަދަންޖެހޭ އެންމެހާ ޤަވާއިދުތަކާއި އުސޫލުތައް ހެދުން.
|
|
:މަގާމުގެ ޝަރުތުތައް
|
- މަސައްކަތާ ގުޅުންހުރި ދާއިރާ (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް އިންޖިނިއަރިން، އާރބަން ޕްލޭނިން، ޑިވެލޮޕްމަންޓަލް ސްޓަޑީޒް، ސޯޝަލް ޕޮލިސީ، ހިއުމެނިޓޭރިއަން ލޯ، ހިއުމަން ސެކިއުރިޓީ، ސްޕޭޝިއަލް ޕްލޭނިން، އިންޓަރނެޝަނަލް ރިލޭޝަންސް (އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 3އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަސައްކަތާ ގުޅުންހުރި ދާއިރާ (ޑިޒާސްޓަރ މެނޭޖްމަންޓް، އެންވަޔަރަންމަންޓް މެނޭޖްމަންޓް، އިމަރޖެންސީ މެނޭޖްމަންޓް، އެންވަޔަރަންމަންޓަލް އިންޖިނިއަރިން، އާރބަން ޕްލޭނިން، ޑިވެލޮޕްމަންޓަލް ސްޓަޑީޒް، ސޯޝަލް ޕޮލިސީ، ހިއުމެނިޓޭރިއަން ލޯ، ހިއުމަން ސެކިއުރިޓީ، ސްޕޭޝިއަލް ޕްލޭނިން، އިންޓަރނެޝަނަލް ރިލޭޝަންސް) އަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަސައްކަތާ ގުޅުންހުރި ދާއިރާއިން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، ހިންގުމުގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، ޖުމްލަ 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
|
:ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (އިޢުލާނާއި އެޓޭޗްކޮށްފައި)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) (ގުޅޭ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
- (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) މަތީމަތީތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
7. ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން
|
|
:ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ތަޢުލީމާއި ތަމްރީން އަދި ތަޖުރިބާ ލިބިފައިވާ މިންވަރު %45
- ލިބިފައިވާ މަސައްކަތުގެ ހުނަރާއި، (އިންޓަރވިޔު/ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލް) ފެންވަރާއި ޤާބިލްކަމާއި ސިފަތައް %55
|
|
:މަގާމަށް އެދެންވީ ގޮތާއި ސުންގަޑި
|
|
މަގާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 16 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ހުށައަޅާނަމަ ހުށައަޅާ ހުރިހާ ލިޔެކިޔުންތައް އެއްޑޮކިއުމަންޓުގެ ގޮތުގައި ސްކޭންކޮށްފައިވާ PDF ފައިލެކެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
:ޝޯޓް ލިސްޓް ކުރުން
|
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
|
:ުއިމްތިޚާނާއި، އިންޓަރވިއުއާއެކު ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތ
|
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 21-30 އޮކްޓޫބަރު 2025 އާ ދެމެދު، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގައެވެ. ވީމާ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
|
:ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް އާންމުކުރުން
|
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް " އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ މި މަޢުލޫމާތު ޝީޓް އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ނަންބަރު 3333425،3333456 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|