ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)13-E/1/2015/20
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި:
02 ނޮވެންބަރު 2015 11:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިނަރަލް ފެން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި މިނިސްޓްރީއަށް މިނަރަލް ފެން ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު: (IUL)13-E/1/2015/17 އަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތި، އަލުން މި ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހު 11:00އަށް މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ނޮވެންބަރު 2015 ވާ ހޯމަ ދުވަހު 11:00އަށް މި މިނިސްޓްރީގެ އެޑްމިނިސްޓްރޭޓިވް ސެކްޝަނަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.
09 މުޙައްރަމް 1437
22 އޮކްޓޫބަރު 2015