ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ބައެއް ޖެނެރަލް އައިޓަމްސްތައް 01 (އެކެއް) އަހަރު ދުވަހަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 އޮކްޓޯބަރ 2025 ، ބުދަ އިން ފެށިގެން 15 އޮކްޓޯބަރ 2025 ، ބުދަ ވާ ދުވަހުގެ 13:00އަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް ދަންނަވަމެވެ.
މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
މި ޢިއުލާނާއި ގުޅޭ ލިޔެކިޔުންތައް ރެޖިސްޓަރ ކުރައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ.
މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 16 އޮކްޓޯބަރ 2025 ، ބުރާސްފަތި ވާ ދުވަހުގެ 13:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 22 އޮކްޓޯބަރ 2025 ، ބުދަ ވަނަ ދުވަހުގެ 10:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.