ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)22-PU/1/2015/349
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 28 އޮކްޓޫބަރު 2015 11:00
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެ

އިޢުލާން

ކޮމްޕިއުޓަރ ގަތުމަށް ބޭނުންވެއްޖެ

މި މިނިސްޓްރީގެ ބައެއް ސެކްޝަންތަކުގައި ބޭނުންކުރުމަށް 4 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ތަކެތި ވިއްކެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

28 އޮކްޓޫބަރު 2015 (ބުދަ) ދުވަހުގެ 11:00 އަށް

02 ނޮވެންބަރު 2015 (ހޯމަ) ދުވަހުގެ11:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436, 3341403  ނަންބަރު ފޯނާއެވެ.

09 މުޙައްރަމް 1437

22 އޮކްޓޫބަރު 2015