ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-MS/325/2025/80
ޕަބްލިޝްކުރި ތާރީޚް: 08 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 13 އޮކްޓޫބަރު 2025 13:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުން

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތު ތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ. މި ފުރުޞަތު ދެޖިންސުގެ މީހުންނަށްވެސް ވަނީ ހުޅުވާލެވިފައެވެ.

އަންހެން އެގްޒަމިނަރުން

- ބޭނުންވާ ޢަދަދު: 01

- ޝަރުޠު:-

* ދަށްވެގެން A0, A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

* ފާއިތުވި 05 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން

* ޕޮލިސް ރިޕޯޓް ( ތިންމަސްހަމަނުވާ)

* ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

* ޢުމުރުން 55 އަހަރުނުވާ މީހެއްކަމުގައި ވުމާއި ރަނގަޅު ޞިއްޙަތެއްގައި ހުރުން.

* މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން.

* ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި  މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.

 

 

- އުޖޫރަ: ޓެސްޓް ކުރާ ކޮންމެ A0 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ

އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ

އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ވަނަވަރާއެކު ފޯމް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެގްޒެމިނަރުކަމަށް ވުމަށް އެދި ހުށަހަޅާ ފޯމް މި ޢިޢުލާން އާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

16 ރަބިޢުލްޢާހިރާ 1447

08 އޮކްޓޫބަރު 2025