މަސައްކަތް
ނަންބަރު: (IUL)382/382/2015/70
ޕަބްލިޝްކުރި ތާރީޚް: 22 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 08 ނޮވެންބަރު 2015 13:00
ކޮޅުމަޑުލު ބުރުނީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓެއް އެޅުމާބެހޭ

ތ. ބުރުނީ ގައި ބަށިކޯޓެއް އެޅުމާބެހޭ

މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ސްޕޯޓްސް އެރީނާގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން ތ. ބުރުނީގައި ތަރައްޤީކުރެވޭ ބަށި ކޯޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، ބަށިކޯޓުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:00އަށް ބުރުނީ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:00 އަށް ބުރުނީ ކައުންސިލްގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި އަންދާސީހިސާބު ހުށަހަޅާ މަސައްކަތުގެ ނަމާއި ހުށަހަޅާ ފަރާތުގެ ނަން އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ މަޢުލޫމާތު ސާފުކުރާފަރާތުގެ ސިޓީއެއް އޮންނަންވާނެއެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 މުޙައްރަމް 1437 

22 އޮކްޓޫބަރު 2015