ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2025/183
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 18:31
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025

(IUL)38-AC/38/2025/183:ނަންބަރު

 

އިޢުލާން

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025

މި ކޮމިޝަނުގެ ނަންބަރު 38-AC/38/2025/2 : އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.

2025 އޮކްޓޫބަރު 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގެ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް މުއްދަތު ހަމަވިއިރު، އިންތިޚާބަށް ކުރިމަތިލާފައިވާ ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން 1 (އެކެއް) ކެންޑިޑޭޓަކު ނަންއަނބުރާ ގެންދިޔުމާ ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ޝަރުޠު ހަމަވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް 2 (ދޭއް) ކެންޑިޑޭޓުންނެވެ. އަދި، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ޝަރުޠުހަމަވާ 2 (ދޭއް) ކެންޑިޑޭޓުންނެވެ.

ފުރިހަމަ ނަން

ދާއިމީ އެޑްރެސް

މަޤާމު

ޢަބްދުލްޢަޒީޒް އިބްރާހީމް

މޫނިމާގެ / ށ. ފޭދޫ

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރު

ޒަމްޢަތު އަޙްމަދު ވަޙީދު

މަލަ / ގދ. ތިނަދޫ

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރު

ސިމާޙާ ނަސީމް

ވެލީގެ / ގދ. ރަތަފަންދޫ

އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރު

ޙުސައިން ޘަޤީފް

ހިސާން / ހދ. ވައިކަރަދޫ

އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރު

ވީމާ، ގަވާއިދު ނަންބަރު 2025/R-96 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުން އިންތިޚާބުކުރުމުގެ ގަވާއިދު) ގެ 35 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތްތައް، އިންތިޚާބުވެއްޖެކަން ޢާންމުކޮށް އަންގައި އިޢުލާންކުރަމެވެ.

07 އޮކްޓޫބަރު 2025