ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ ކަސްޓަމަރ ރިލޭޝަން މުވަޒަފުންގެ ޔުނިފޯމު ފޮތި ޑިޒައިންކޮށް ފަހައިދޭނެ ފަރާތެއް ހޯދުމަށް 04 އޮކްޓޫބަރު 2015ގައި ކޮށްފައިވާ ނަންބަރު IU/PR/2015/163-ފ137 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.
ތަން |
ގަޑި |
ތާރީޚު (ދުވަސް) |
ތަފުސީލު |
ކޮންފަރެންސް ހޯލް |
11:00 |
29 އޮކްޓޫބަރު (ބުރާސްފަތި) |
މަޢުލޫމާތު ސާފުކުރެއްވުމަށް |
ލެކްޗަރ ހޯލް |
13:00 |
02 ނޮވެންބަރު (ހޯމަ) |
އަންދާސީހިސާބު ހުށަހެޅުއްވުމަށް |
13 މުޙައްރަމް 1437