އެންޓިކޮރަޕްޝަން ކޮމިޝަން
މާލެ،
ދިވެހިރާއްޖެ
|
|
ވަޒީފާގެ ފުރުޞަތު
|
ތާރީޚް:
|
15 ރަބީޢުލްއާޚިރު 1447
07 އޮކްޓޫބަރު 2025
|
ނަންބަރު:
|
(IUL)123-HR/123/2025/89
|
މަޤާމް:
|
ހެޑް އޮފް އެޑްމިން އެންޑް ފައިނޭންސް
|
ކްލެސިފިކޭޝަން:
|
ހެޑް އޮފް އެޑްމިން އެންޑް ފައިނޭންސް
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
އެންޓި-ކޮރަޕްޝަން ކޮމިޝަން / މާލެ
|
މުސާރަ:
|
-/15000 (ފަނަރަ ހާސް ރުފިޔާ)
|
ޑެއިލީ އެލަވަންސް:
|
368/- (ތިންސަތޭކަ ފަސްދޮޅަސް އަށް ރުފިޔާ)
|
އޯވަރޓައިމް އެލަވަންސް:
|
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ބޭނުންވާ ޢަދަދު
|
01 (އެކެއް)
|
މަޤާމުގެ ޝަރުޠު
|
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 09 ގެ ސަނަދެއް ޙާޞިލްކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން. ނުވަތަ
- މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 07 ގެ ސަނަދެއް ހާސިލުކޮށްފައި އޮތުމާއެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހު މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވުން.
- ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުން (ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، މަސައްކަތަށް ނުކުތުމުގެ ކުރިން ޕާޓީއިން ވަކިވުން)
|
މަޤާމާއި ގުޅޭ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމަންޓް
- އޮޑިޓިންގ
- އެކައުންޓިންގ
- ފައިނޭންސް
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމަންޓް
- އޮޑިޓިންގ
- އެކައުންޓިންގ
- ފައިނޭންސް
|
މައިގަނޑު މަސައްކަތް:
|
- އެކަޑަމީގެ ފައިސާ ބެލެހެއްޓުމާ ގުޅޭ ނިޒާމެއް އެކުލަވާލައި ތަންފީޒުކުރުން.
- އެކަޑަމީގެ ފައިސާ ގެންގުޅުމާ ބެލެހެއްޓުމާ ގުޅޭ ސިޔާސަތުތަކާއި އުސޫލުތައް ހެދުމާއި ތަންފީޒުކުރުން.
- އެކަޑަމީގެ ބަޖެޓް އެކުލަވާލައި ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
- އެކި ގޮތްގޮތުން އެކަޑަމީއަށް ފައިސާއާއި ވަޞީލަތްތައް ހޯދޭނެ މަގުތައް ފަހިކުރުން.
- އެކަޑަމީގެ ފައިސާާާއާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ނިޒާމެއް ގާއިމުކޮށް، ތަންފީޒުކުރުން.
- އެކަޑަމީގެ އިދާރީ ނިޒާމް ހަރުދަނާކޮށް ބެލެހެއްޓުމަށް ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތައް ތައްޔާރުކޮށް ތަންފީޒުކުރުން އަދި މުރާޖަޢާކުރުން.
- އެކަޑަމީއަށް ލިބޭ ލިޔެކިޔުންތައް އެންޓްރީކޮށް ބެލެހެއްޓުމާއި ޖަވާބުދާރީ ވާންޖެހޭ ލިޔެކިޔުންތަކަށް ޖަވާބުދާރީވުން.
- އެކަޑަމީގެ މަސައްކަތްތަކަށާއި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހާ ވަޞީލަތްތަކާއި ހިންގުމަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްކުރުން.
- ކިޔަވައިދިނުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމާއި އެކަޑަމިކް މުވައްޒަފުންނަށް ފަސޭހަވާނޭފަދަ ގޮތަކަށް ކިޔަވައިދިނުމާ ގުޅޭގޮތުން ހަމަޖައްސަންޖެހޭ ހުރިހާ އިދާރީ ކަމެއް ހަމަޖެހިފައިވޭތޯ ކަށަވަރުކުރުމާއި މި މަސައްކަތް އިންތިޒާމްކޮށް ރާވާ ހިންގުން.
|
މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު
|
- ތަޢުލީމާއި ތަމްރީނު ( ކަނޑަ އެޅިފައިވާ އިން ސައްތަ %20)
- މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އެޅިފައިވާ އިން ސައްތަ )
- ޕްރެކްޓިކަލް ( ކަނޑަ އެޅިފައިވާ އިންސައްތަ %20 )
- އިންޓަވިއު ( ކަނޑަ އެޅިފައިވާ އިންސައްތަ %50 )
|
އެޕްލިކޭޝަން ސުންގަޑި:
|
14 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ.
|
ވަޒީފާއަށް އެދި ހުށަހަހަޅަންޖެހޭ ތަކެތި
|
- ފުރިހަމަކޮށްފައިވާ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް. (އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް).
- މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހެޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރަންވާނެއެވެ.)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، އެމީހަކު ކުރި މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ).
- ލިބިފައިވާ ކާމިޔާބީތަކާއި އެހެނިހެން ސެޓްފިކެޓްތަކުގެ ކޮޕީ. ( މަސައްކަތާ ގުޅުންހުރި ދާއިރާތަކުން ލިބިފައިވާ ކާމިޔާބީތައް ދަލީލުކޮށްދޭ ލިޔުންތަކާއި އަދި ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ޓްރެއިނިންގ/ވޯކްޝޮޕް ތަކުން ލިބިފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ )
|
އިތުރު މަޢުލޫމާތު
|
- ކޮމިޝަންގެ ވަޒީފާއަށް އެދޭފޯމާއި ކަމާބެހޭ ލިއުންތައް ހުށަހަޅާނީ މ. ފިނިފަރުގެ ހަތްވަނަ ފަންގިފިލާގައި ހުންނަ މިކޮމިޝަންގެ ކައުންޓަރަށެވެ. އަދި އީމެއިލް މެދުވެރިކޮށް ވަޒީފާއަށް އެދޭފޯމާއި ލިއުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ([email protected]) އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ފޮނުވިދާނެއެވެ.
- ވަޒީފާއަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަން ފޯމަކަށް ފޯމު ލިބުނު ކަމުގެ ތަރުތީބު ނަންބަރެއް ޖަހާފައިވާ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި އީމެއިލްއިން ހުށަހަޅާ އެޕްލިކޭޝަންތަކަށް ވެސް ތަރުތީބު ނަންބަރު ޖަހާފައިވާ ސްލިޕް އީމެއިލް ކުރެވޭނެއެވެ.
- އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ގިނަވެގެން ރަސްމީ 05 ދުވަހުގެ ތެރޭގައި ތަޢުލީމާއި ތަޖުރިބާޔަށް ބަލާ ވަޒީފާޔަށް ކުރިމަތިލީ ފަރާތްތަކަށް ދޫކޮށްފައިވާ ރެފަރެންސް ނަންބަރު ހިމަނައިގެން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކުގެ ލިސްޓު ކޮމިޝަންގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ.
- މިވަޒީފާއަށް މީހަކު ނެގުމުގައި ޢަމަލުކުރެވޭނީ ކޮމިޝަންގެ ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުސޫލާ އެއްގޮތަށެވެ. މި އުސޫލު ކޮމިޝަންގެ ވެބްސައިޓުގައި ޢާއްމުކޮށް ޝާއިޢު ކުރެވިފައިވާނެއެވެ.
- މި ވަޒީފާއަކީ ދާއިމީ ވަޒީފާއެއްކަމުގައި ވީނަމަވެސް، މި ވަޒީފާއަށް ހޮވޭ ފަރާތަކީ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭވަރުގެ ޤާބިލުކަން ހުރި މީހެއްތޯ ބެލުމަށް، ޕްރޮބޭޝަންގެ 3 (ތިނެއް) މަސްދުވަސްގެ މުއްދަތެއް ދެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވަޒީފާ އަދާކުރާ ފަރާތަކީ، މަސައްކަތަށް ޤާބިލު މީހެއްކަމުގައި ފެންނަނަމަ، އެ މުވައްޒަފަކާއެކު ކޮމިޝަނުން ދާއިމީ އެއްބަސްވުމެއް ހެދޭނެއެވެ.
- ދައުލަތަށް ނުވަތަ އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފަކު، ކޮމިޝަންގެ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ގިނަވެގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި ވީއްލުމާއިމެދު އިޢުތިރާޒެއްނެތްކަމަށް، ވަޒީފާ ދީފައިވާ ފަރާތުން ދޫކޮށްފައިވާ ލިޔުން ހުށަހަޅަންވާނެއެވެ.
|
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯނު ނަންބަރު: 3015217 / 3015265
އީމެއިލް: [email protected]
|
|
|
|
|
|