ދިވެހިރާއްޖެ
ހޯލުއިމާރާތުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތުގެ އަންދާސީހިސާބު ހޯދުން
މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް އަމިއްލަ ޚަރަދުގައި މި ސްކޫލުގެ ހޯލުއިމާރާތުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް (8 އޮކްޓޫބަރު 2015) ގައި ކުރެވުނު މި ސްކޫލުގެ ނަންބަރު: GS-119/2015/14 ގެ އިޢުލާނާ ގުޅިގެން ޝައުޤުވެރިކަންފާޅުކުރި ފަރާތްތައް މަދުކަމަށްފެންނާތީ އަލުން އިޢުލާންކުރަމެވެ.
އަމިއްލަ ޚަރަދުގައި މި ސްކޫލުގެ ހޯލުއިމާރާތުގެ ސީލިންގ މަރާމާތުކުރުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މަޢުލޫމާތު ސާފުކުރައްވަވާ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
- މަޢުލޫމާތު ސާފުކުރުން:
- 2 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމްގައި.
- އަންދާސީހިސާބު ހުށަހެޅުން:
- 5 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ލަންދޫ ސްކޫލުގެ އޮފީސްރޫމްގައި.
- އަންދާސީހިސާބު އިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:
# |
ޕޮއިންޓްދިނުމުގައި ބެލެވޭނެ ކަންތައް |
ޕޮއިންޓް |
1 |
މަސައްކަތުގެ އަގަށް |
70 |
2 |
މަސައްކަތުގެ މުއްދަތަށް |
10 |
3 |
މާލީ ތަނަވަސްކަމާއި ފަންނީ ޤާބިލުކަމަށް |
10 |
4 |
މަސައްކަތުގެ ތަޖުރިބާއަށް |
10 |
|
ޖުމްލަ: (ސަތޭކަ) |
100 |
އަންދާސީހިސާބު ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅުއްވާ ބޭފުޅުންގެ ކުރިމަތީގައި އަންދާސީހިސާބު ކޮމެޓީގެ މެމްބަރުންގެ ހާޒިރުގައެވެ. އަދި ދެންނެވިފައިވާ ގަޑިއަށް ހާޒިރުވެނުލައްވާ ބޭފުޅުންނަށް މަޢުލޫމާތު ސާފުކޮށްދެވޭކަށް ނޯންނާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި މަޢުލޫމާތު ސާފުނުކުރައްވާ ބޭފުޅުންގެ އަންދާސީހިސާބުތައް ބަލައިގަނެވެންނޯންނާނެ ވާހަކަ ދަންނަވަމެވެ. އެއްގުރޫޕަކުން ނުވަތަ އެއްކޮމްޕެނީއަކުން ދެ އަންދާސީހިސާބު ހުށަހަޅާފައިވާނަމަ އެ ދެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދެންނެވީމެވެ. ޕެންޑްރައިވް ނުވަތަ ސީ.ޑީ ގެންނަ ފަރާތްތަކަށް އަންދާސީހިސާބުގެ މަޢުލޫމާތު އެރުވޭނީ ސޮފްޓްކޮޕީ ހިލެއެވެ. އަންދާސީހިސާބުގެ މަޢުލޫމާތު ޕެކޭޖެއްގެ ހާޑްކޮޕީ ބޭނުންފުޅުވާނަމަ އަގަކީ -/10 (ދިހައެއް) ރުފިޔާއެވެ.
09 މުޙައްރަމް 1437