ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-SED/417/2025/155
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:02
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަޅައިލާނެ ފަރާތެއް ނެތް ބަލި މީހަކު ބަލަހައްޓައިދޭނެ ދަރުމަވެރިން ހޯދުން

ގދ. ހޯނޑެއްދޫ ސިއްޙީ މަރުކަޒުގައި ބަލަހައްޓާނެ މީހަކު ނެތި އޮތް ބަލިމީހަކު ބެލެހެއްޓުމަށް ދަރުމަވެރިން ހޯދުމަށް ކައުންސިލުން މަސައްކަތް ކުރަމުންދާ ވާހަކަ އެންމެހައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. މި ބަލިމީހަކީ އަމިއްލައަށް ހިނގާބިނގާވެ އުޅުމަށް ދަތިކަން ހުރި ފަރާތަކަށްވުމާއެކު، ހުރިހާ ވަގުތެއްގައިވެސް އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާ ފަރާތެކެވެ. މިފަދަ އިޖްތިމާޢީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ރަށުގެ ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވެ، ކައުންސިލަށް އެހީތެރިވެދެއްވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

ވީމާ، މިމަސައްކަތުގައި ދަރުމަވެރިއެއްގެ ގޮތުގައި ޚިދުމަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިވާ ލިންކް މެދުވެރިކޮށް ނަން ނޯޓުކޮށްދެއްވުން އެދެމެވެ.

ލިންކް: https://forms.office.com/r/zDqKGS2RFv

07 އޮކްޓޫބަރު 2025