ދިވެހިރާއްޖެ
މަސްޖިދުލް ޒިކުރާގެ ތިރީގައިވާ މަރާމާތު މަސައްކަތްތަށް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެވެ. މަސައްކަތަށް ބޭނުންވާ ތަކެތި ކައުންސިލުން ފޯރުކޮށްދޭނެއެވެ.
- މިސްކިތުގެ ވަށާފާރުގެ ދެފަރާތުގައި ކުލަ ކަހަންޖެހޭ ތަންތަން ކުލަ ކެހުމަށްފަހު ކުލަލުން
- މިސްކިތް އެތެރޭއާއި ބޭރުގައި ކުލަލުން ( މިސްކިތުގެ އެތެރޭގައިވާ ބޯޑަރުތަކުގައި ފެހި ކުލަ، ފާރުތަކާއި ސީލިންގު ގައި ހުދުކުލަ ލުން )
- މިސްކިތުގެ ހުޅަނގު ފަރާތު ފާރުގައި މާސްޓަރ ސީލްލުން
- މިސްކިތުގައި ކާޕެޓް އެޅުން
- މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހިރައްޔިތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރި ތަކަށެވެ.
- ކޯޓޭޝަން ހުށަހެޅުން އޮންނާނީ 14 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި މާލެއަތޮޅު ކާށިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
- ކޯޓޭޝަންގައި މަސައްކަތްކޮށްދޭނެ އަގާއި މުއްދަތު ސާފުވާނެހެން ހިމަނަންވާނެއެވެ.
- މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
- ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
- އަގަށް: 70 ޕޮއިންޓް
- މުއްދަތަށް: 30 ޕޮއިންޓް
6.ހުށަހަޅަންޖެހޭ ލިޔުންތައް:
- އަންދާސީ ހިސާބުފޯމު
- ވިޔަފާރި ރެޖިސްޓްރީގެ ކޮޕީ (އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ޖެނެރޭޓްކޮށްފައި)
7. އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ 6640496 / 7798119 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.