ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)38-BB/38/2025/179
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 15 އޮކްޓޫބަރު 2025 15:00
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 - ޑިވެލޮޕަރ ހޯދުމާ ގުޅޭ

(IUL)38-BB/38/2025/179:ނަންބަރު

 

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ޑިވެލޮޕަރ ހޯދުމާ ގުޅޭ

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި މަސައްކަތްކުރުމަށް 01 (އެކެއް) ޑިވެލޮޕަރ އެއް ހޯދުމަށް  ކޮށްފައިވާ ނަންބަރ (IUL)38-BB/38/2025/151  އިޢުލާނަށް އެކަށީގެންވާ ޢަދަދަށް މީހުން ކުރިމަތިލާފައިނުވާތީ އަލުން ޑިވެލޮޕަރ މަޤާމަށް މީހަކު ހޯދުމަށް އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން 2025 އޮކްޓޫބަރު 15 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ފުރިހަމަކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުގެ ޓާސްކްފޯސް ވަޒީފާއަށް އެދޭ ފޯމް، ތަޢުލީމީ ސެޓްފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ ކޮޕީ، ހުނަރާއި ޤާބިލްކަން ސާބިތުކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ އަދި މަސައްކަތު ތަޖުރިބާގެ ލިޔުންތައް ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ 05 ވަނަ ފަންގިފިލާގެ ރިސެޕްޝަނަށް ނުވަތަ ކޮމިޝަނުގެ އީމެއިލް  ([email protected]) މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު ހުށަހަޅުއްވާ ހުރިހާ ލިޔެކިޔުންތައް ހުންނަންވާނީ އެއްފައިލެއްގެ ގޮތުގައި 10mb އަށް ވުރެ ކުޑަފައިލްސައިޒަކަށް އެޓޭޗްކުރެވިފައެވެ.

މިވަޒީފާގެ ޝަރުތުތަކާ މަސްއޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" އަދި އިލެކްޝަންސް ކޮމިޝަނުގެ ޓާސްކްފޯސް ވަޒީފާއަށް އެދޭ ފޯމް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްހީރަސް ކޮށްފައިވާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ނޯޓު: އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ 3004472 އަށް ގުޅުއްވައި އީމެއިލް މިކޮމިޝަނަށް ލިބިފައިވާކަން ކަށަވަރުކުރަންވާނެއެވެ. ފައިލް ސައިޒް 10mb އަށް ވުރެ ބޮޑުވެގެން މިކޮމިޝަނަށް ނުލިބޭ އީމެއިލްތައް ބެލެވޭނީ ހުށަނާޅާ ފޯމުގެ ގޮތުގައެވެ.

07 އޮކްޓޫބަރު 2025