ދިވެހިރާއްޖެ
ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގެ ފަރާތުން، ޢާންމުކޮށް ހިލޭ ފުރުޞަތު ދީގެން، ކެމެރާމަނުން ތަމްރީނު ކުރުމުގެ ކޯހަކާއި ޕްރޮޑަކްޝަން ޓެކްނީޝަނުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މަދުމިންވަރަކަށް ޖާގަ ހަމަޖެހިފައިވާ މި 2 ކޯހުން ފުރުޞަތު ދެވޭނީ، މިކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ތެރެއިން، މި ކުންފުނިން ކަނޑައަޅާ އުސޫލުތަކަށް ފެތޭ އަދި އިންޓަރވިއުކޮށްގެން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ކެންޑިޑޭޓުންނަށެވެ.
3 ހަފުތާގެ ފުލްޓައިމް ކޯހެއްގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުން، މިކަމަށް އެދިވަޑައިގެން، އެބޭފުޅަކު ބައިވެރިވެވަޑައިގަންނަވަން ޝައުޤުވެރިވެވަޑައިގަންނަވާ ކޯހެއް އެނގޭގޮތަށް، 2015 އޮކްޓޫބަރު 29 ވަނަ ދުވަހުގެ ކުރިން ޕަބްލިކް ސަރވިސް މީޑިއާއަށް ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، މެއިލް ކުރައްވާނީ [email protected] އަށެވެ.
ކޯހާބެހޭ އިތުރު މަޢުލޫމާތު މި ކުންފުނީގެ 3000210 ނުވަތަ 3000428 ފޯނާ ގުޅުއްވުމުން ނުވަތަ މި ކުންފުނީގެ ވެބްސައިޓް www.psmnews.mv ނުވަތަ މި ކުންފުނީގެ ފްރޮންޓް ޑެސްކަށް ވަޑައިގަތުމުން ލިބިވަޑައިގަންނަވާނެއެވެ.
20 މުޙައްރަމް 1437