މުބާރާތް
ނަންބަރު: (IUL)269/269/2025/56
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:50
ސުންގަޑި: 12 އޮކްޓޫބަރު 2025 14:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާގުޅޭ

މިކައުންސިލުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ދެވިފައިވާ މުއްދަތު 21 ސެޕްޓެންބަރު 2025 ގައި ވަނީ ހަމަވެފައެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް ފުރުސަތު ދިނުމަށްޓަކައި، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު 12 އޮކްޓޫބަރު 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށް އިތުރުކުރެވިފައިވާ ކަމުގައި ދެންނެވީމެވެ.

މުބާރާތުގެ ޤަވާއިދާއި ބައިވެރިވުމަށް ހުށަހަޅަންޖެހޭ ފޯމް މިކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮކްޓޫބަރު 2025