ދިވެހިރާއްޖެ
މި ކައުންސިލުން މިއަހަރު ކުރިއަށް ގެންދާ "ކެލާ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2025" ނަމުގައި 15 ނޮވެންބަރު 2025 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމުގެފުރުސަތު 09 އޮކްޓޯބަރ 2025ގެ 12:00 ގެ ނިޔަލަށް އިތުރުކޮށް ހުޅުވާލަމެވެ.
މުބާރާތުގެ ނަން |
އިތުރު ތަފްސީލް |
ހޭންޑްބޯލް މުބާރާތް |
މި މުބާރާތުގައި ބައިވެރިވެވޭނީ ކެލާގެ މުއައްސަސާތަކަށާއި ކުލަބު / ޖަމްޢިއްޔާތަކަށް ނިސްބަތްވާ ޓީމުތަކަށާއި އަދި ކެލާ ކައުންސިލުން ރާވާ ހިންގާ ކުޅިވަރު މުބާރާތްތަކުގައި ޓީމްތައް ބައިވެރިވުމާ ބެހޭ އުޞޫލުގެ ދަށުން ކައުންސިލްގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމްތަކަށްށެވެ. |
މި ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމުތަކުން 09 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ކެލާ ކައުންސިލް އިދާރާއަށް ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މުބާރާތުގައި ރަޖިސްޓްރީ ވުމަށްއެދޭ ފޯމު ކެލާ ކައުންސިލްގެ ވެބްސައިޓް www.kelaa.gov.mv އަދި އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކުޅިވަރު މުބާރާތުގެ ޤަވާއިދު ކެލާކައުންސިލުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.