ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)330-B/330/2025/80
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 13 އޮކްޓޫބަރު 2025 14:00
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަގުކޮމެޓީ އެކުލެވާލުން

ކައުންސިލުން ކުއްޔަށް ދޫކުރާ ބިންބިމާއި،އެފަދަ ބިންތަކުގައި ހުންނަ މުދާ އަގުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ 05 މެންބަރުން ހިމެނޭ އަގު ކޮމެޓީއެއް އެކުލަވާލަން ބޭނުންވާތީ، މިފަދަ މަސައްކަތްތަކުގެ ތަޖުރިބާ ހުރި އެންމެހާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ދަފްތަރު އެކުލަވާލެވޭނީ 03 އަހަރު ދުވަހުގެ މުއްދަތަށެވެ. މަސައްކަތް ކުރުމުގެ އުޖޫރައެއްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރުފިޔާ (ތިންސަތޭކަ ރުފިޔާ) ދެވޭނެއެވެ.

ވީމާ، ތަކެތި އަގު ކުރުމުގެ ފަންނީ މައުލޫމާތާއި އަދި ޢަމަލީ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތްތަކުން އައިޑީކާޑްގެ ކޮޕީއާއެކު، 13 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މެއިލް ކުރައްވާ ފަރާތްތަކުން މި އިދާރާގެ އީ-މެއިލް [email protected]  އަށް ސިޓީއާއި އެހެނިހެން މައުލޫމާތުތަށް ޕީ.ޑީ.އެފް (PDF) ފައިލެއްގެ ގޮތުގައި ފޮނުއްވުން އެދެމެވެ.

06 އޮކްޓޫބަރު 2025