ކުއްޔަށް ދިނުން
ނަންބަރު: A/343-AS/2015/80
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 10:57
ސުންގަޑި: 29 އޮކްޓޫބަރު 2015 13:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިން ކުއްޔައް ދޫކުރުމާބެހޭ

މިރަށުގެ ބަނދަރުގެ އިރުމަތީކޮޅު ތޮށިން ޞިނާޢީ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް 2000 އަކަފޫޓުގެ ބިމެއް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމައިފީމެވެ. ވީމާ، ބިން ކުއްޔަށް ނަގަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ލިޔުމަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މިގޮތުން ހުށަހެޅޭ ލިޔުންތައް ކެނޑުން އޮންނާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި 05 ނޮވެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. މަތީގައި ދެންނެވިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންނެވި ބޭފުޅުންނަށް ލިޔުން ހަވާލުކޮށްފައި ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ. މިލިޔުމުގެ ބޭރުގައި ބިން ކުއްޔަށް ހިފުމަށް އެދި މިހެން ލިޔެފައި އޮންނަންވާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

19 އޮކްޓޫބަރު 2015