މުބާރާތް
ނަންބަރު: (IUL)419-CAA/419/2025/111
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 12:03
ސުންގަޑި: 26 އޮކްޓޫބަރު 2025 14:00
ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ އެފް.އޭ.އެމް އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ގައްދޫ ފުޓްބޯޅަ ޓީމް ސްޕޮންސަރ ކުރުމާގުޅޭ.

            15 ޑިސެމްބަރ 2025 ގައި ފެށުމަށް ހަމަޖެހިފައިވާ އެފް.އޭ.އެމް އަތޮޅު ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ގައްދޫ ފުޓްބޯޅަ ޓީމްގެ މިދަންނަވާ ކަންކަން ސްޕޮންސަރ ކޮށްދޭނެ ފަރާތެއް ހޯދުމަށް އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުމާލަމެވެ. ސްޕޮންސަރ ކުރާ ފަރާތްތަކުގެ ލޯގޯ އާއި ބްރޭންޑިންގ ޖާޒީގައި ޖެހޭނީ އެފް.އޭ.އެމް އިން ކަނޑައަޅާފައިވާ އުޞޫލާއި އެއްގޮތަށް އެ ޢަދަދަކަށެވެ. މީގެ އިތުރުން ސްޕޮންސަރ ކުރާ ފަރާތްތައް ޓީމްގެ ސޯޝަލް މީޑިއާ މަންސަތަކުގައި ކުރާ ހުރިހާ ޕޯސްޓެއްގައިވެސް ހިމަނައިދެވޭނެއެވެ.

  1. ޓީމްގެ ހޯމް ޖާޒީ އަދި އަވޭ ޖާޒީ (ޖާޒީ، ސޯޓް އަދި އިސްޓާކީން) - 30 ކުޅުންތެރިން
  2. ޓީމްގެ އޮފިޝަލްސް ހޯމް ޖާޒީ އަދި އަވޭ ޖާޒީ (ޖާޒީ، އަދި ޓްރަކްސޫޓް) - 10 އޮފިޝަލުން
  3. ޓީމްގެ ޕްރެކްޓިސް ހޯމް ޖާޒީ އަދި އަވޭ ޖާޒީ – 2 ސެޓް (ޖާޒީ، ސޯޓް އަދި އިސްޓާކީން) 30 ކުޅުންތެރިނާއި 10 އޮފިޝަލުން
  4. ޓީމްގެ ފަސްޓްއެއިޑް ކިޓް (މިފަދަ މުބާރާތެއްގައި ބޭނުންކުރުމަށް އެކަށީގެންވާ ސައިޒުގެ)
  5. ޓީމްގެ އޮފިޝަލް ފޮޓޯގްރަފީ

           ސްޕޮންސަރ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން މަތީގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ބޭނުންވާ ވަކިވަކި ކަންކަމަށްވެސް ސްޕޮންސަރ ހުށަހެޅިދާނެއެވެ. އެހެންކަމުން ސްޕޮންސަރ ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޓީމްގެ ސްޕޮންސަރގެ ގޮތުގައި ހޮވުމަށް ބަލާނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތެކެވެ.

           ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެފަރާތަކުން ދިނުމަށް ބޭނުންވާ ސްޕޮންސަރއެއް 26 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސްޕޮންސަރގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަތީގައި ފާހަގަކޮށްފައިވާ ސްޕޮންސަރ ބޭނުންވާ ކަންކަމަށް ޚަރަދުވާނެކަމަށް ލަފާކުރެވޭ ފައިސާގެ އަދަދު ކަމުގައިވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 9111005 އަށް ގުޅުއްވުން އެދެމެވެ. ސްޕޮންސަރޝިޕާއި ގުޅިގެން ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅުއްވާނީ [email protected] އަށް ކަމުގައިވެސް ދެންނެވީމެވެ.

             މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 އޮކްޓޫބަރު 2025