ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 4/2017 ޢިމާރާތްކުރުމުގެ ޤާނޫނު ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުތަކަށް އާންމުންނާއި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް އަހުލުވެރިކުރުމުގެ ގޮތުން އޮންލައިން ޕްރޮގްރާމްތަކެއް މި މިނިސްޓްރީންދަނީ ހިންގަމުންނެވެ. މި ސެޝަންތަކުގައި އިމާރާތްކުރުމުގެ މަސައްކަތާއި ގުޅުންހުރި ހުއްދަތައް ދިނުމާއި، ކުރެހުން ފާސްކުރުމާއި އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އަމަލުކުރަން އޮންނަ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.
އެހެންކަމުން، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 2 ވަނަ ޕްރޮގްރާމުގެ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި ޕްރޮގްރާމުގެ ސެޝަންތައް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ތާވަލެއް މި ޢިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
ވީމާ، މި ޕްރޮގްރާމުގެ ސެޝަންތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ބޭނުންވާ ފަރާތްތަކުން 2025 އޮކްޓޫބަރު 09 ވަނަ ދުވަހުގެ ކުރިން ތިރީގައިވާ ގޫގުލް ފޯމް ލިންކުން ރެޖިސްޓްރޭޝަން ފުރިހަމަކުރެއްވުމަށް އެދި ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ބޭނުންވެލައްވާނަމަ [email protected] އަށް އީ-މެއިލްކުރެއްވުންއެދެމެވެ.
ފޯމް ލިންކް: https://forms.office.com/r/hacPBwKYuG