ދިވެހިރާއްޖެ
ބައު ތަކެތި ނީލަމުގައި ވިއްކާލުމާ ގުޅޭ ގޮތުން މިކުންފުނިން ކުރި ނަންބަރު:A/IUL/2025/207 އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.
|
|
މި ކުންފުނީގައި ހުރި މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ. |
|
ތަކެތީގެ ތަފްޞީލް: |
- ކޭބަލްތަކެއް (އެކި ސައިޒުގެ) |
ނީލަން ފެށޭ އަގު: |
ކިލޯ އަކަށް /-25ރ (ފަންސަވީސް ރުފިޔާ) |
ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު: |
ކިލޯ އަކަށް /-10ރ (ދިހަ ރުފިޔާ) |
މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން: |
2025 އޮކްޓޫބަރު 07 ވާ އަންގާރަ ދުވަހުގެ 11:00 ގައި |
ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އެދޭ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުން: |
ޑިޕޮސިޓް ފައިސާގެ ގޮތުގައި /-50،000ރ (ފަންސާސް ހާސް ރުފިޔާ) ސްޓެލްކޯގެ ބޭންކް އެކައުންޓް ނަންބަރު: 7704-100078-001 (ބޭންކް އޮފް މޯލްޑިވްސް) އަށް ޖަމާކުރެއްވުމަށްފަހު، ފޯނު ނަންބަރު: 7325332 އަށް ޕޭމަންޓް ސްލިޕް ވައިބަރ ކުރެއްވުން.
|
ޑިޕޮސިޓް ބަލައިގަތުން: |
2025 އޮކްޓޫބަރު 08 ވާ ބުދަ ދުވަހުގެ 10:00 – 14:00 ނިޔަލަށް، 14:00 ގެ ފަހުން ފޮނުވާ އެއްވެސް ފައިސާއެއް ބަލައި ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. |
އަގު ހުށަހަޅާނެ ތާރީޚް: |
2025 އޮކްޓޫބަރު 09 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި |
ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި: |
ހުށަހަޅުއްވާ އެންމެމަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ. |
ތަކެތި ހުރި ތަން: |
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް/ މާލެ، ހުޅުމާލެ، ކ.ވިލިގިލި އަދި ކ.ތިލަފުށި އިންޖީނުގޭގައި. |
މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން: |
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ /ހެޑް އޮފީސް |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 3338235 / 7325332 އަށެވެ. |
ނޯޓް: މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ ޑިޕޮސިޓް ފައިސާ ކަނޑައެޅިފައިވާ ތާރީޚުގެ ކުރިން ދައްކަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. އިޢުލާނާއި ގުޅިގެން ދައްކަވާ ޑިޕޮސިޓް ފައިސާ ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް އަނބުރާ ރައްދުކޮށްދެވޭނެއެވެ. ނަމަވެސް، އަގު ހުށައެޅުމަށް ދީފައިވާ ފުރުޞަތުގައި އަގު ހުށައެޅުއްވުމަށް ފަހު، ހުށައެޅުން އަނބުރާ ނަގާ ނުވަތަ ހުށައެޅުން ބާޠިލު ކުރިނަމަވެސް، ޑިޕޮސިޓް ފައިސާ އަނބުރާ ރައްދުނުކުރެވޭނެއެވެ. ނީލަމަށް އަގު ހުށައަޅާއިރު ހުށައަޅާ އަގަކީ އެފަރާތުން ހުށައަޅާ ފައިނަލް އަގު ކަމުގައި ބެލެވޭނެއެވެ.
|
|
14 ރަބީޢުލްއާޚިރު 1447 06 އޮކްޓޫބަރު 2025 |