ދިވެހިރާއްޖެ
އދ. މާމިގިލި ޞިއްޙީމަރުކަޒު
އދ. މާމިގިލި / ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު – ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ނަންބަރ: I10MHC/IUL/2025/08
|
މަޤާމް |
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ |
|
މަޤާމްގެ ނަންބާރ |
J-418477 |
|
ބޭނުންވާ ޢަދަދު |
01 (އެކެއް) |
|
މަޤާމްގެ ގިންތި |
ދާއިމީ |
|
މަޤާމްގެ ރޭންކް |
އެމް.އެސް 2 |
|
މަޤާމްގެ ކްލެސިފިކޭޝަން |
ސީނިއަރ އޮފިސަރ ގްރޭޑް 2 |
|
ވަޒީފާ އަދާކުރަންޖެހޭ ތަން |
އދ. މާމިގިލި ޞިއްޙީމަރުކަޒު |
|
މުސާރަ |
-/6295 ރުފިޔާ (ހަ ހާސް ދުއިސައްތަ ނުވަ ދިހަ ފަސް ރުފިޔާ) |
|
ސާރވިސް އެލަވަންސް |
-/2000 ރުފިޔާ ( ދެ ހާސް ރުފިޔާ) |
|
އެހެނިހެން އެލަވަންސް |
1- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިޔުޝަން. 2- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ރިސްކު އެލަވަންސް އަދި އެހެނިހެން ޢިނާޔަތްތައް. 3- ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/900 ރުފިޔާ 4- ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 ށް ވާ ފައިސާ
|
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ޞިއްޙީމަރުކަޒަށް ލިބޭ އެންމެހާ ލިޔުންތައް ބަލައިގަނެ އެންޓްރީކުރުން. 2- ޞިއްޙީމަރުކަޒަށް އަންނަ ލިޔެކިއުންތަކާއި ތަންތަނަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ޑިސްޕެޗް ކުރުމުގެ މަސައްކަތް ބެލެހެއްޓުމާއި އަދި ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން. މީގެއިތުރުން އަންނަ ލިޔެކިއުންތައް ކަމާބެހޭ ބޭފުޅުންނަށް ރައްދުކޮށްދީ، އެބޭފުޅުންގެ އިރުޝާދުގެ ދަށުން ޖަވާބުދީ ފޮނުވަންޖެހޭ ތަންތަނަށް ޤަވާއިދުން ފޮނުވުން. 3- ޞިއްޙީމަރުކަޒުން ބާއްވާ ބައްދަލުވުންތައް އިންތިޒާމު ކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން. 4- ދުވަހުން ދުވަހަށް ޔައުމިއްޔާ ލިޔެ ނިންމުން. 5- ޒިންމާދާރު ވެރިޔާގެ މަސްޢޫލިއްޔަތު ޙަވާލުކުރުމަށް މަރުކަޒުގެ އިސްވެރިޔަކަށް ހުންނަ ބޭފުޅަކު ނިންމަވައިފިނަމަ އެމަސްޢޫލިއްޔަތު އަދާކުރުން. 6- މުވައްޒަފުންގެ ސަލާމާއި ޗުއްޓީ އަދި ޙާޟިރީ ބެލެހެއްޓުން. 7- ރަސްމީގަޑީގައި ޞިއްޙީ މަރުކަޒުގެ އޮފީސް ހުޅުވާ ލެއްޕުން 8- ޞިއްޙީމަރުކަޒުން ދެވެންހުރި ޚިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތަކަށް ތަނުގެ މާހައުލު ތަނަވަސްކުރުން. 9- ސްޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުން 10- ސްޓޯރކީޕާރ ނެތްޙާލަތުގައި އެބޭފުޅާގެ އެންމެހައި މަސްޢޫލިއްޔަތުތައް ނެގުން. 11- ޢިމާރާތުގެ މަރާމާތު ތަކާއި ވެހިކަލް ތަކުގެ ރޯރޑްވާދިނަސް ހެއްދުމާއި އިންސޫރަންސްގެ މަސައްކަތް ކުރުން. 12- މުވައްޒަފުންގެ މުސާރަ ޝީޓް ހެދުމަށް ބޭނުންވާ ހުރިހާ ރިޕޯރޓް ތައް ހަދާ ،މުސާރަ ޝީޓް ހެދުމާއި. މަންތްލީ ރިޕޯރޓް ތައް ހެދުން. 13- މަރުކަޒުން ރިފަރކުރަންޖެހޭ ބަލިމީހުން ރިފަރކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. 14- ނީލަން ކިޔަންޖެހޭ އެންމެހައި ތަކެތި ނީލަން ކިޔައި އެކަމާއި ގުޅުންހުރި އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ކަމާއިގުޅުންހުރި އިދާރާތަކަށް ފޮނުވުން. 15- މަރުކަޒުގައި ފާހަގަ ކުރާއެކިއެކި ހަރަކާތްތައް ހިންގުމުގައި އެހީތެރިވެ ބައިވެރިވުން. |
|
މަޤާމުގެ ޝަރުޠުތައް: |
1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސެޓިފިކެޓެއް ޙާޞިލް ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސެޓިފިކެޓެއް ޙާޞިލްކޮށްފައިވުން. |
|
މަޤާމްގެ މަސައްކަތާއި ގުޅޭ ވަޒީފާގެ ދާއިރާތައް |
- އެޑްމިނިސްޓްރޭޝަން - މެނޭޖްމެންޓް |
|
ތަޢުލީމީ ރޮނގުތައް |
- އެޑްމިނިސްޓްރޭޝަން - ބިޒްނަސް އެޑްމިނިސްޓްރޭޝަން - ބިޒްނަސް މެނޭޖްމަންޓް - މެނޭޖްމަންޓް - ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
|
މަޤާމްގެ ޕްރިފަރޑް ޑިސިޕްލިންގް |
- ބިޒްނަސް އެޑްމިނިސްޓްރޭޝަން - ބިޒްނަސް މެނޭޖްމަންޓް - ޕަބްލިކް އެޑްމިނިސްޓްރޭޝަން |
|
މަޤާމްގެ ކޯ ޑިސިޕްލިންގ |
- ނެތް |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ނ) މަސައްކަތަށް ބޭނުންވާ ލައިސަންސް
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޮކްޓޫބަރ 13ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މި ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ނޯޓް: އެޕްލިކޭޝަން އާއިއެކު ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއްފައިލް އަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު މެއިލް ކުރައްވާއިރު މެއިލްގެ ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުން އެދެމެވެ. |
|
ޝޯޓްލިސްޓުކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|
އިންޓަރވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 2025 އޮކްޓޫބަރ 19 އާއި 2025 އޮކްޓޫބަރ 25އާއި ދެމެދު އދ. މާމިގިލި ޞިއްޙީމަރުކަޒުގެ އިދާރީ އޮފީހުގައެވެ. |
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހިސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6882030 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|
05 އޮކްޓޫބަރ 2025