ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257-ESM/257/2025/87
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 09 އޮކްޓޫބަރު 2025 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ އޭ-ޒޯން ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުމަށް

     މި އިދާރާއިން ދޫކުރާ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ އޭ-ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިހާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެންވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެކެވެ. މި ފުރުސަތު ދެޖިންސުގެ މީހުންނަށްވެސްވަނީ ހުޅުވާލެވިފައެވެ.

 

-         ބޭނުންވާ އަދަދު: 02

  ޝަރުތު:

*  A A1 ގިންތީގެ ލައިސަންސް އޮތުން.

* ދޫކުރި ތާރީޙުންފެށިގެން މަދުވެގެން 3 އަހަރު ދުވަސްވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

* ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއް ކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

*  އުމުރުން 55 އަހަރު ހަމަނުވާ މީހެއްކަމުގައިވުމާ ރަނގަޅު ސިއްޙަތެއްގައި ހުރުން.

* ޑްރައިވިންސް ސުކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތްކުރާ މީހަކު ކަމުގައިނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންސް ސުކޫލެއްގައި މަސައްކަތްކޮށްފައިނުވުން.

 

  އެލަވަންސް:

* ޓެސްޓްކުރާ ކޮންމެ A، A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ.

* 

 

                      ވީމާ ދެންނެވިފައިވާ ޝަރުތުތައްހަމަވާ ފަރާތްތަކުން (ތިރީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު) 09 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ލިޔުންތައް ފޮނުއްވާނީ [email protected]  މި އީމެއިލްއަށެވެ.

 

 

 

-         ހުށަހަޅަންޖެހޭ ތަކެތި:

  • އެދި ހުށަހަޅާ ސިޓީ
  • ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީ.
  • ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީ.ވީ) .
  • 3މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯރޓް.
  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ

                

                 ވީމާ، މިކަން ޢާންމުކޮށް އެންގުމަށް ޓަކާއިޢުލާން ކުރީމެވެ.

05 އޮކްޓޫބަރު 2025