ދިވެހިރާއްޖެ
ހޯނޑެއްދޫ ދަނޑުވެރިންގެ އަތުންނަގާ ދަނޑުފީ 01 ޖެނުއަރީ 2026 އިން ފެށިގެން ދަނޑުބިމުގެ ކުލި އަކަފޫޓަކަށް 1 ލާރީގެ ރޭޓަށް ކުޑަކުރުމަށް، ހޯނޑެއްދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 217 ވަނަ އާންމު ބައްދަލުވުމުން ވަނީ ނިންމާފައިއެވެ. އަދި ފީ ރިވައިސްކުރުމާއި ގުޅިގެން، "ގދ.ހޯނޑެއްދޫއިން ދަނޑުވެރިކަން ކުރުމަށް ބިންދޫކުރުމުގެ އުސޫލު" ގެ 07 ވަނަ މާއްދާގެ (ހ) އަދި (ބ) އިސްލާޙުކޮށް (ށ)،(ނ) އުނިކޮށް، އަކުރު ތަރުތީބުކޮށް އުސޫލުގެ ޖަދުވަލު 3 އުނިކޮށް އިސްލާޙު ފާސްކުރުމަށް ހޯނޑެއްދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 217 ވަނަ އާންމު ބައްދަލުވުމުން ވަނީ ނިންމާފައިއެވެ.
ވީމާ، ދަނޑުތަކުގެ ފީ ރިވައިސް ކުރެވޭނީ ދަނޑުފީގެ ގޮތުގައި ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސް ކުރުމުންނެވެ. އެހެންކަމަށްވުމާއީކު ދަނޑުވެރިކަންކުރާ އެންމެހާ ފަރާތްތަކުން، ދަނޑުބިމުގެ ކުލި އަދި މުއްދަތު މުރާޖާކުރުމަށް އެދޭ ފޯމް 16 ޑިސެމްބަރު 2025 ގެ ކުރިން މިއިދާރާއައް ހުށަހެޅުންއެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.