ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)257/257/2025/88
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 12:52
ސުންގަޑި: 09 އޮކްޓޫބަރު 2025 12:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މޭކަޕްކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މިނިސްޓްރީ އޮފް ޔޫތު، އެމްޕަވަރަމަންޓް، އިންފޮރމޭޝަން އެންޑް އާޓްސްގެ 2024 ވަނަ އަހަރުގެ ގްރާންޓް ޕްރޮގްރާމްގެ ދަށުން "ސޯޝަލް ޕެޝަން" ޖަމިއްޔާއަށް ދެވިފައިވާ މޭކަޕް ވޯކްޝޮޕްގެ ޕްރޮޖެކްޓްގެ ދަށުން އެ ފަރާތްތަކާއި ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ގުޅިގެން އިންތިޒާމުކޮށް ބާއްވާ މޭކަޕް ކުރަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ކޯހަށް ބައިވެރިންގެ އަތުން ފީއެއް ދައްކާކަށް ނުޖެހޭނެއެވެ.

 ކޯހުގެ މުއްދަތު: 3 ދުވަސް

ކޯސް ހިންގާނެ ތާރީޚް:16 އޮކްޓޫބަރު 2025 އިން 18 އޮކްޓޫބަރު 2025 އަށް.

                   މި ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ތިރީގައި މިދަންނަވާ ގޫގުލް ފޯމް މެދުވެރިކޮށް ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.  ކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކޯހުގައި މަދުވެގެން 20 ބައިވެރިން ރަޖިސްޓްރީ ވެފައިވާނަމައެވެ. އަދި މި ކޯހުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ފަރާތްތަކަށެވެ.

 ގޫގުލް ފޯމްގެ ލިންކް: https://forms.gle/9vp5VTG9RjjQ35mQ9

                       ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

05 އޮކްޓޫބަރު 2025