ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)21-HMC/1/2015/6
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 01 ނޮވެންބަރު 2015 14:00
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމުގެ ނަން:

އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމުގެ މުއްދަތު:

6 (ހައެއް) މަސްދުވަސް (ކޮންޓްރެކްޓް އުޞޫލުން)

ސެކްޝަން/ޑިޕާޓްމަންޓް:

ޝަރީޢަތްކުރުމާބެހޭ ސެކްޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

 

މަޤާމުގެ ޝަރުޠު:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ޘާނަވީ އިމްތިޙާނަކުން މަދުވެގެން  2  މާއްދާއިން  ދަށްވެގެން  "ޑީ"  ފާސް  ލިބިފައިވުމާއެކު،  ސެކަންޑަރީ  ސްކޫލް  ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ޝަރީޢަތްކުރާ ސެކްޝަނުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.

 

އުޖޫރަ:

މުސާރަ: -/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

ސަރވިސް އެލަވަންސް: -/1500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ)

ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

ލިވިންގ އެލެވަންސް: -/2550 ރުފިޔާ (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)

މުއްދަތު ހަމަވާ ތާރީޚު:

2015 ނޮވެންބަރު 1 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން.

 

 

 

ހުށަހަޅަންޖެހޭ ތަކެތި:

1. ވަޒީފާއަށް އެދޭ ފޯމް.

2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

5. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް. ކިއު. އޭ) އިން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން.

6. ކުރިން ވަޒީފާއެއްގައި އުޅެފައިވާކަމުގެ ލިޔުން ހުށަހަޅާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރި މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮތުން.

ނޯޓް:

- ވަޒީފާއަށްއެދޭ ފޯމް ރަސްމީގަޑީގައި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

- އިތުރު މައުލޫމާތު ހޯދުމަށް 3351535 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

7 މުޙައްރަމް 1437

20 އޮކްޓޫބަރު 2015