ދިވެހިރާއްޖެ
މިއިދާރާގެ ލޯންޗް "މަތިފަޅު" ގައި އަޅާފައިވާ 2 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.
އިންޖީނުގެ މަޢުލޫމާތު.
- 2 އިންޖީނު ޔަމަހާ އައުޓްބޯޑު 200 ހޯސްޕަވަރ 4 ސްޓްރޯކް
- އެޅިފަހުން ވީ މުއްދަތު: 7 އަހަރު
- އިންޖީނު އޯވަހޯލް ކުރި ތާރީޚު: 10 ޖޫން 2012
- އޯވަހޯލަށް ފަހު ބޭނުން ކުރި މުއްދަތު: 880 ގަޑިއިރު
- މިހާރުގެ ހާލަތު ނުދުއްވާތާ 1 އަހަރު ވުމުގެ ސަބަބުން ސްޓާޓްކުރަން ދަތިވުމާއި، ސްޕީޑް ނުލިބުން.
- 2 އިންޖީނު ހުންނާނީ އެމް. ޓީ. ސީ. ސީ ތިލަފުށީ ސައިޓުގައެވެ. އިންޖީނު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން އެސައިޓަށް ވަޑައިގެން 7612483 އަށް ގުޅުއްވުމުން ބެއްލެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެއެވެ.
ފެށޭއަގު:
2 އިންޖީނުގެ ނީލަން ފެށޭއަގަކީ 100،000.00 (އެއްލައްކަ) ރުފިޔާ އެވެ. އަގަށް އިތުރު ކުރެވޭނީ މަދުވެގެން 5،000.00 (ފަސްހާސް) ރުފިޔާ.
ނީލަން ފަށާ ތާރީޚު: 22 އޮކްޓޫބަރު 2015 ނިންމާ ތާރީޚު: 29 އޮކްޓޫބަރު 2015 ދުވަހުގެ ރޭ 00:00 އައެވެ.
ވީމާ، މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިނީލަން ކިއުމަށް ތައްޔާރު ކުރެވިފައިވާ "ނީލަންކިއުމުގެ އުސޫލު" ގައިވާ ގޮތުގެމަތިން ނީލަމުގައި ބައިވެރިވެލައްވަމުން ގެންދެވުން އެދެމެވެ.
މިނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ކިއުމުގެ އުސޫލުގައިވާ ނަމޫނާ ސިޓީއާ އެއްގޮތަށް ސިޓީލިޔުއްވައި ފޮނުއްވާނީ މިއިދާރާގެ އީމެއިލް: [email protected] އަށް ނުވަތަ މިއިދާރާގެ 6720017 ނަންބަރު ފެކްސް އަށެވެ.
ނީލަން ކިއުމުގެ އުސޫލު މިއިދާރާގެ ވެބްސައިޓް www.meem.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.
ހުށަހަޅުއްވާ އަގުތައް ޢާންމުކުރުން
ނީލަމަށް ހުށަހަޅަމުންދާ އަގުތައް ކަނޑައެޅިފައިވާ އުސޫލުގައިވާ ގޮތުގެމަތިން މިއިދާރާގެ ވެބްސައިޓް: www.meem.gov.mv ގައި ކޮންމެ ދުވަހަކުވެސް ހުށަހަޅުއްވާފައިވާ އެންމެ މަތީއަގު ފެންނާނެހެން ޝާއިޢު ކުރެވިފައި ހުންނާނެއެވެ.
ނީލަން ނިންމަން ކަނޑައަޅާފައިވާ ތާރީޚުގައި ހުށަހަޅުއްވާފައިވާ އެންމެމަތީ އަގަކީ އެކަށީގެންވާ އަގެއްނަމަ އެއަގު ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިއުލާން ކުރީމެވެ.
7 މުޙައްރަމް 1437