މަސައްކަތް
ނަންބަރު: (IUL)200-A/200/2025/65
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 23:57
ސުންގަޑި: 12 އޮކްޓޫބަރު 2025 10:00
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
މި ޓްރައިބިއުނަލުގެ އޮފީސް ހިންގާ ގ.ފަތުރުވެހި ދެވަނަ އަދި ތިންވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މި ޓްރައިބިއުނަލުގެ އޮފީސް ހިންގާ ގ.ފަތުރުވެހި ދެވަނަ އަދި ތިންވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މި ޓްރައިބިއުނަލުން ދީފައިވާ މަޢުލޫމާތާ އެއްގޮތަށް ގ.ފަތުރުވެހި ދެވަނަ އަދި ތިންވަނަ ފަންގިފިލާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި އިޢުލާނާ އެކުގައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތްވާ ގޮތުގެ މަތިން މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ތިރީގައިވާ ލިންކު މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެވެ.

IUL 200-A 200 2025 65 Employment Tribunal Officer Renovation Work

ބީލަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނެ ގަޑިއާއި ތާރީޚާއި ތަން:

ތާރީޚު: 06 އޮކްޓޫބަރު 2025 (ހޯމަ ދުވަސް)

ގަޑި: 14:00

ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް، (ގ.ފަތުރުވެހި 3 ވަނަ ފަންގިފިލާ)

ބީލަން ބަލައިގަތުމާއި ހުޅުވުމުގެ ބައްދަލުވުން އޮންނާނެ ގަޑިއާއި ތާރީޚާއި ތަން:

ތާރީޚު: 12 އޮކްޓޫބަރު 2025 (އާދިއްތަ)

ގަޑި: 10:00

ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް، (ގ.ފަތުރުވެހި 3 ވަނަ ފަންގިފިލާ)

މި ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާހާއި ތަކެތީގެ ތަފްޞީލު މި އިޢުލާނާ އެކު އެއްހީރާސްކޮށްފައި ވާނެއެވެ. މި ބީލަމާ ގުޅިގެން މިންތައް ނެގުމަށާއި، ސައިޓް ވިޒިޓަށް ވަޑައިގަތުމަށް ބޭނުންފުޅުވާނަމަ، 09 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި ޓްރައިބިއުނަލަށް އެކަން އީމެއިލް ([email protected]) މެދުވެރިކޮށް އެންގުމުން ރަސްމީ ގަޑިތަކުގައި އެ ފުރުޞަތު ދެވޭނެއެވެ.

03 އޮކްޓޫބަރު 2025