ދިވެހިރާއްޖެ
އިޢުލާން
1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޑޮކްޓާސް ސްކްރަބް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް، މިހޮސްޕިޓަލުން ކަނޑައަޅާފައިވާ ޑިޒައިނާއި، ކަނޑައެޅިފައިވާ ކުލަތަކަށްފެތޭގޮތަށާއި، އަދި ހަމަޖައްސާފައިވާ އެންމެހާ އުޞޫލުތައް ފުރިހަމަވާގޮތަށް، މިހޮސްޕިޓަލުގައި މަސައްކަތް ކުރައްވާ، އެންމެހާ ޑޮކްޓަރުންނަށް ބޭނުންވާ ސްކްރަބް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިހެންކަމުން، ޑޮކްޓަރުންގެ ސްކްރަބް މެދުނުކެނޑި، 1 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާގޮތަށް، އަދި ދެންނެވިފައިވާ ތާރީޚުގެ ކުރިން ރަޖިސްޓްރީ ކުރެއްވުމާއިއެކު، ކަނޑައަޅާފައިވާ ތާރީޚުގައި މިހޮސްޕިޓަލަށް ވަޑައިގެން، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ނަންނޯޓް ކުރެއްވުން |
ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް) ތާރީޚް: 2025 އޮކްޓޯބަރު 03 ން ފެށިގެން، 2025 އޮކްޓޯބަރު 13 ވަނަ ދުވަހުގެ މެންދުރުފަހު، 15:00 އަށް އީމެއިލް [email protected] :ފޯނު ނަންބަރ: 6583007 ރެޖިސްޓްރޭޝަން ލިންކް: https://forms.gle/QPuLwRcun9w8sAuT7 |
އަންދާސީ ހިސާބު ހުށައެޅުއްވުން |
ތާރީޚް: 2025 އޮކްޓޯބަރު 16 - ބުރާސްފަތި ގަޑި: މެންދުރު 11:00 ގައި ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް |
މިއިޢުލާނާއިގުޅޭ މައުލޫމާތު ޝީޓާއި، ކުރެހުންތަކާއި، އަދި ގުޅުންހުރި އެންމެހާ ލިޔުންތައް، ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެވާހަކަ ދަންނަވަމެވެ. އަދި މިޓެންޑާއަށް ނަންނޯޓްނުކުރާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެކަން، މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީގަޑީގައި، 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
11 ރަބީޢުލްއާހިރު 1447