ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)VMC-PROC/1/2025/35
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 16:12
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Vendor Registration Portal Now Open for Applications

  (IUL)VMC-PROC/1/2025/35 :ނަންބަރ    

 

އިޢުލާން

މި ކޯޕަރޭޝަންއަށް ބޭނުންވާ ތަކެއްޗާއި، ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ވެންޑަރގެ ގޮތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މިއަދުންފެށިގެން މިކޯޕަރޭޝަންގެ ވެންޑަރ ޕޯޓަލް ހުންނާނީ އަބަދުވެސް ރަޖިސްޓަރީ ވުމަށް ހުޅުވާލެވިފައެވެ. ވެންޑަރ ޕޯޓަލްގައި ވީހާވެސް ގިނަ ފަރާތްތައް ރަޖިސްޓަރީ ވުމަކީ ޢާންމު ވިޔަފާރިތަކުން މި ކޯޕަރޭޝަންއަށް ތަކެއްޗާއި ޚިދުމަތް ފޯރުކޮށްދިނުމަށް ލިބިގެންދާނެ ފުރުޞަތެކެވެ. ވީމާ ކުރިމަގުގައި މިކޯޕަރޭޝަން އިން ތަކެތި ގަތުމަށާއި ޚިދުމަތްހޯދުމަށް އެދޭނީ ޕޯޓަލްގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް ކަންވެސް ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ރަޖިސްޓްރީވުމަށް އެދޭ ޕޯޓަލްގެ ލިންކް:

https://vendor.vmc.mv/register

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

10 ރަބީޢުލް އާޚިރު 1447

02 އޮކްޓޯބަރ 2025               

02 އޮކްޓޫބަރު 2025