އިޢުލާނު
|
މަޤާމު:
|
ސޮފްޓްވެއަރ ޑިވެލޮޕަރ
|
މަޤާމުގެ ނަންބަރު:
|
-
|
ބޭނުންވާ އަދަދު:
|
1 (އެކެއް)
|
މަޤާމުގެ ގިންތި:
|
ވަގުތީ (02 އަހަރު ދުވަހުގެ މުއްދަތަށް)
|
މަޤާމުގެ ރޭންކު:
|
-
|
މަޤާމުގެ ކްލެސިފިކޭޝަން:
|
-
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ / ޑިޕާޓްމަންޓް އޮފް ފޮރިން ލޭބަރ/ ކ.މާލެ
|
އަސާސީ މުސާރަ:
|
20,000.00 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-
|
އެހެނިހެން އެލަވަންސް:
|
- ލިވިންގ އެލަވަންސް: 12,840.00 ރުފިޔާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ސިސްޓަމްތަކުގެ ސޮފްޓްވެއަރ ޑިޒައިންކޮށް، ޑިވެލޮޕް ކުރުމާއި ސޮފްޓްވެއަރ ޑިވެލޮޕް ކުރަނީ ޓެކްނިކަލް ސްޕެސިފިކޭޝަންތަކާއި އަދި ސިސްޓަމްތައް އުފައްދާ މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކަށަވަރުކުރުން.
- ސޮފްޓްވެއަރ އަރކިޓެކްޗަރގައި ސިނާއަތުގައި ކުރިއަރާފައިވާ އުސޫލުތައް ބޭނުންކޮށްގެން، ސިސްޓަމުގައި ދިމާވާ މައްސަލަތަކަށް އެފިޝިއަންޓް، ސްކޭލް ކުރެވޭ، އަދި ބެލެހެއްޓެނިވި ގޮތަކައް ހައްލުތައް ހޯދައިދިނުން.
- ސިސްޓަމްސް އެނަލިސިސް އަދި ކޮލިޓީ އެޝުއަރެންސް (ކިއުއޭ) ޓީމުތަކާ ގުޅިގެން ރައްކާތެރި އަދި އިތުބާރު ހުރި ސޮފްޓްވެއަރ ސޮލިއުޝަންތައް އުފައްދާ ފޯރުކޮށްދިނުން
- ޑިވެލޮޕްމަންޓް ސައިކަލްގެ ކުރީކޮޅު ދިމާވެދާނެ މައްސަލަތައް ދެނެގަނެ، އެކަންކަން ރަނގަޅުކުރުމަށްޓަކައި، ޔުނިޓް އަދި އިންޓަގްރޭޝަން ޓެސްޓްތައް ހިމެނޭ ގޮތަށް ކޯޑް ލެވެލް ޓެސްޓިންގ ހެދުން.
- ބެލެހެއްޓުމަށް ފަސޭހަ، ސްކޭލަބަލް، ކުރިއަށް އޮތްތަނުގައި ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތަކަށް މަގުފަހިކޮށްދޭ ގޮތައް، ފުރިހަމަ އަދި އެކްސެސިބަލް ޓެކްނިކަލް ޑޮކިއުމަންޓޭޝަން އުފެއްދުން.
- ސީނިއަރ ޑިވެލޮޕަރުންގެ ފަރާތުން މެންޓަރޝިޕް ބަލައިގަނެ، އުނގެނުމުގެ ފުރުސަތުތަކުގައި ބައިވެރިވުމާއި، އަމިއްލަ ހުނަރުތައް އިތުރުކޮށް، ޕްރޮޖެކްޓްގެ ނަތީޖާއަށް ފައިދާހުރި ގޮތްތައް ޙިއްޞާކުރުން.
- ޑިޕްލޮއިޑް ސިސްޓަމްތަކުގައި ކުރިއަށްދާ މެއިންޓެނަންސް، އަޕްޑޭޓްސް، އަދި ޔޫޒަރ ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމާއި ސިސްޓަމްތަކަށް މިގެންނަ ބަދަލުތަކަކީ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކޮށްދީ އެފިޝަންސީ އިތުރުކުރުމަށް އިސްކަންދީގެން ގެނެވޭ ބަދަލުތަކެއްކަން ކަށަވަރުކުރުން.
- ޔުނިޓްގެ ތެރޭގައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެއްބާރުލުންދީ، ޕްރޮޖެކްޓް މަޝްވަރާތަކުގައި ބައިވެރިވެ، ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް އެހީތެރިވުން.
- ސީނިއަރ ޑިވެލޮޕަރުންގެ އިރުޝާދުގެ ދަށުން ޕްރޮޖެކްޓްގެ މަސައްކަތްތައް ބެލެހެއްޓުމުގައި އެހީތެރިވެދިނުމާއި، ޕްރޮޖެކްޓް ޓައިމްލައިންތަކާއި އެއްގޮތަށް މަސައްކަތްކޮށް، ކޮލިޓީ ސްޓޭންޑަޑްތަށް ދެމެހެއްޓުމަށް އެހީތެރިވެދިނުން.
- ޕްރޮޖެކްޓް ޕްލޭން ކުރުމާއި އެގްޒިކުޓް ކުރުމުގައި އެއްބާރުލުން ދިނުމާއި، ޓާސްކް ނިންމުމާއި ޕްރޮޖެކްޓްގެ މައިލްސްޓޯންތައް ހާސިލްކުރުމަށް އެހީތެރިވެދިނުން.
- ސީނިއަރ ޑިވެލޮޕަރުންގެ އިރުޝާދުގެ ދަށުން ކަމާގުޅުންހުރި ފަރާތްތަކާ މުޢާމަލާތްކޮށް، އަޕްޓޭޓްތައް ފޯރުކޮށްދީ، ލިބޭ ފީޑްބެކްތަކުގެ މައްޗަށް ބިނާކޮށް މަސައްކަތް ކުރުން.
- ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ލައިފްސައިކަލްގައި ސެކިއުރިޓީ، ޑޭޓާ ޕްރޮޓެކްޝަންގެ އުސޫލުތަކާ، ކަމާބެހޭ މިންގަނޑުތަކާއި އަދި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެމަތިން، ބެސްޓް ޕްރެކްޓިސްއަށް ބިނާކޮށް ސިސްޓަމްތައް އުފެއްދުން.
- އެންޑް-ޔޫޒަރުންނާއި ސްޓޭކްހޯލްޑަރުންގެ ތަފާތު ބޭނުންތައް ފުއްދައިދޭކަން ކަށަވަރުކޮށް، ޔޫޒަރ ފްރެންޑްލީ އިންޓަރފޭސްތަކާއި ތަޖުރިބާތައް ތަރައްޤީކުރުމަށް އިސްކަންދީގެ ސިސްޓަމްތައް އުފެއްދުން.
- ޕްރޮޖެކްޓްގައި ހިމެނޭ ރިސްކްތައް ޕްރޮއެކްޓިވްކޮށް ދެނެގަނެ، އެފެކްޓިވް މިޓިގޭޝަން ސްޓްރެޓެޖީތައް އެކުލަވާލައި ތަންފީޒުކޮށް، ޕްރޮޖެކްޓްގެ ނަތީޖާއަށް ކުރާ ނޭދެވޭ އަސަރު އެންމެ ކުޑަކުރުމަށް މަސައްކަތްކުރުން.
- ޑިވެލޮޕްމަންޓް ޕްރޮސެސްތައް ސްޓްރީމްލައިންކޮށް ސޮފްޓްވެއާ ފަންކްޝަނަލިޓީ އިތުރުކުރުމަށްޓަކައި އެންމެ ޒަމާނީ ޓެކްނޮލޮޖީތަކާއި މެތޮޑޮލޮޖީތައް ހޯދައި އިންޓަގްރޭޓްކުރުން.
- ރިސޯސް އޕްޓޮމައިޒްޑް، ބަލަހައްޓަން ފަސޭހަ، ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް އެޑެޕްޓޭބަލް، ސްކޭލަބަލް، ދެމެހެއްޓެނިވި ސޮފްޓްވެއާ ޑިޒައިންކޮށް ޑިވަލޮޕް ކުރުމުގެ މަސައްކަތް.
- ސިސްޓަމްގެ ޕާފޯމަންސް އަދި އެކްސެސިބިލިޓީ ރައްކާތެރިކުރުމަށް ސިސްޓަމްގައި ދިމާވާ މުހިންމު މައްސަލަތައް ހައްލުކުރުމަށް ކޮންމެ ގަޑިއެއްގައިވެސް އެހީތެރިކަން ފޯރުކޮށްދިނުން.
- ކަމާ ގުޅުންހުރިފަރާތްތަކާ (ސްޓޭކްހޯލްޑަރސް) ބައްދަލުކޮށް، މަޝްވަރާކޮށް، ޓެކްނޮލޮޖީގެ ފުރުސަތުތަކާއި، ސިސްޓަމް ރިކުއާމަންޓްތައް ދެނެގަތުމަށް އެހީތެރިވެދީ، ސިސްޓަމްތައް ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތަށް ފުރިހަމަވާނެހެން ފަރުމާކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ނުވަތަ އެއާ ގުޅުންހުރި ދާއިރާއިން އެންމެ ދަށްވެގެން ޑިގްރީ ހާސިލްކޮށްފައިވުމާއެކު މަދުވެގެން 3 އަހަރު ދުވަހުގެ ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ތަޖުރިބާ ލިބިފައިވުން.
- މައިކްރޮސޮފްޓް އޭއެސްޕީ.ނެޓް ކޯރ ސީ#، އަދި މައިކްރޮސޮފްޓް އެސްކިއުއެލް ސަރވަރ އެންވަޔަރަންމަންޓް އަށް ފަރިތަވުން.
- އެޗް.ޓީ.އެމް.އެލް، ސީ.އެސް.އެސް ޖާވާ ސްކްރިޕްޓް އަށް ފަރިތަވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެwww.mohst.gov.mv ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް
- ތައުލީމީ ސެޓިފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
- ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
- އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ ލިޔުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ސޮފްޓްވެއާ ޑިވެލޮޕްމަންޓް މެތަޑޮލޮޖީސް (މިސާލަކަށް އެޖައިލް، ސްކްރަމް) ދެނެގަތުމާއި ގިޓް ބޭނުންކޮށްގެން ވާޝަން ކޮންޓްރޯލް ކުރުން ފަދަ ޕްރެކްޓިސްތައް ދެނެގަތުން.
- އެސް.ކިއު.އެލް ނުވަތަ އެން.އޯ.އެސް.ކިއު.އެލް ޑޭޓާބޭސް ބޭނުންކޮށްގެން ޑޭޓާބޭސް ޑިޒައިން ކުރުމާއި މެނޭޖްކުރުމުގެ ހުނަރާއި، އެފިޝިއަންޓް ސުވާލުތައް ލިޔުމުގެ ޤާބިލުކަން.
- ޔުނިޓް ޓެސްޓިން، އިންޓަގްރޭޝަން ޓެސްޓިން އަދި ޓެސްޓް ޑްރިވެން ޑިވެލޮޕްމަންޓް (ޓީޑީޑީ) ފަދަ ޓެސްޓިން ފްރޭމްވޯކްތަކާއި ޕްރެކްޓިސްތަކަށް އަހުލުވެރިވުން.
- ސެކިއުރިޓީ ބެސްޓް ޕްރެކްޓިސްތަކާއި، ރައްކާތެރި އެޕްލިކޭޝަންތައް އުފެއްދުމަށް ބޭނުންވާ އުޞޫލުތަކަށް ހޭލުންތެރިކުރުވުމާއި، އެންކްރިޕްޝަން، އޮތެންޓިކޭޝަން އަދި އޮތޮރައިޒޭޝަނަށް އަހުލުވެރިވުން.
- ކްރިޓިކަލްކޮށް ވިސްނައި، އިނޮވޭޓިވް އަދި އެފިޝިއަންޓް ސޮލިއުޝަންތަކާއެކު ކޮމްޕްލެކްސް މައްސަލަތައް ހައްލުކުރުމުގެ ޤާބިލުކަން.
- ޑިވެލޮޕްމަންޓް ޓީމްގެ ތެރޭގައި ހަރުދަނާ ގޮތެއްގައި މަސައްކަތްކޮށް، އެހެނިހެން ޑިޕާޓްމަންޓްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން.
- އިނގިރޭސި ބަހާއި ދިވެހި ބަހުން މުއާމަލާތުކުރުމާއި ލިޔެކިއުމުގެ ހުނަރު.
- ޕްރޮޖެކްޓްގެ ޑެޑްލައިންތައް ފުރިހަމަކުރުމަށާއި، އެއްފަހަރާ ގިނަ މަސައްކަތްތައް މެނޭޖްކޮށް ވަގުތު މެނޭޖްކުރުމުގެ ހުނަރު.
- ހަރުދަނާ ސޮފްޓްވެއާ ޑިވެލޮޕްކުރުމަށް ކޯޑިން، ޑޮކިއުމެންޓޭޝަން އަދި ޓެސްޓު ކުރުމުގައި ތަފްސީލަށް ސަމާލުކަން ދިނުމުގެ ޤާބިލްކަން.
- ތަޢުލީމާއި ތަމްރީނު: %20
- މަސައްކަތުގެ ތަޖުރިބާ: %30
- ބަސްދީގަތުން: %50
|
މަސައްކަތު ގަޑި
|
ފްލެކްސިބަލްކޮށް ދުވާލަކު 08 ގަޑިއިރު
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޮކްޓޫބަރު 15 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.
|
އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިހާނު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2025 އޮކްޓޫބަރު 23 އާއި 30 އާ ދެމެދު ތާރީޚެއްގައި، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ (ވެލާނާގެ 10 ވަނަ ފަންގިފިލާ) ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3031543ނުވަތަ 3031542 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51)އިން ލިބެން ހުންނާނެއެވެ.
|