މަސައްކަތް
ނަންބަރު: (IUL)312-A S/312/2025/62
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 13 އޮކްޓޫބަރު 2025 11:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުންދެއްވާ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް ކައުންސިލްގެ ލާރނިންގ ސެންޓަރ އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ކައުންސިލުން ތަރައްޤީ ކުރުމަށް ރާވާފައިވާ ކައުންސިލްގެ ލާރނިންގ ސެންޓަރުގެ އިމާރާތް އިމާރާތްކުރުމަށްޓަކައި ކޮށްފައިވާ އިޢުލާން (ނަންބަރ: (IUL)312-A S/312/2025/59) ބާތިލްކޮށް ، ކައުންސިލުން ފޯރުކޮށްދޭ ކުރެހުމާއި މަޢުލޫމާތާއި އެއްގޮތަށް  މި އިމާރާތް ހަދައިދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

  1. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑި ތަކަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
  • މަޢުލޫމާތު ދިނުމުގެ ސެޝަން: 06 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލްގެ މީޓިން ރޫމުގައި
  • އަންދާސީ ހިސާބު ހުށަހެޅުން:  13 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލްގެ މީޓިން ރޫމުގައި

 

2. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

 

3. މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި " ލާރނިން ސެންޓަރުގެ އަންދާސީ ހިސާބު"  މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

z

4. އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.

02 އޮކްޓޫބަރު 2025