ބީލަން
ނަންބަރު: (IUL)415/415/2025/188
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:18
ސުންގަޑި: 30 އޮކްޓޫބަރު 2025 11:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިނަދޫ ސިޓީގެ ދެކުނު ސަރަޙައްދުގެ ކުޅި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނުގެ ބީލަންހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

ތިނަދޫ ސިޓީގެ ދެކުނު ސަރަޙައްދުގެ ކުޅި ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނުގެ ބީލަންހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

     މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ތިނަދޫ ސިޓީގެ ދެކުނު ސަރަޙައްދުގެ ކުޅި ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)415/415/2025/158 އަދި (IUL)415/415/2025/180 އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.   

    ޙަވާލާދީ ދެންނެވިފައިވާ އިޢުލާނާ ގުޅިގެން އެ ބީލަމުގެ މަޢުލޫމާތު ޝީޓު ތައްޔާރު ކުރުމާއި މިހާރު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ޕްރި ބިޑް މީޓިންގ އެއް ބޭއްވުމަށް ނިންމާފައިވާތީ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 30 އޮކްޓޯބަރ 2025 (ބުރާސްފަތި) ދުވަހުގެ 11:00 ގައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ޙަވާލާދެވިފައިވާ އިޢުލާންތަކާއި ގުޅިގެން މި މަސައްކަތަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

 

 

ތާރީޚް

ގަޑި

ތަން

ޕްރީ ބިޑް މީޓިންގ

16 އޮކްޓޯބަރ 2025 (ބުރާސްފަތި)

11:00

ތިނަދޫ ސިޓި ކައުންސިލްގެ އިދާރާގެ މިޓިންގ ރޫމް

ބީލަން ހުށަހެޅުން

30 އޮކްޓޯބަރ 2025 (ބުރާސްފަތި)

11:00

ތިނަދޫ ސިޓީ ކައުންސިލް އިދާރާގެ މީޓިންގް ރޫމް

                          10  رَبيع الآخِر 1447

                          02  އޮކްޓޯބަރ   2025 

02 އޮކްޓޫބަރު 2025