ބީލަން
ނަންބަރު: (IUL)272-ESMS/272/2025/156
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 16 އޮކްޓޫބަރު 2025 01:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް ކޮމްޕެކްޓް މެޝިން (Waste Compact Machine) އަދި ގްލާސް ކްރަޝަރ (Glass Crusher) އެށް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ

އިޢުލާން

 

ވޭސްޓް ކޮމްޕެކްޓް މެޝިން (Waste Compact Machine) އަދި ގްލާސް ކްރަޝަރ (Glass Crusher) އެށް ފޯރުކޮށްދޭނޭ ފަރާތެއް ހޯދުމާގުޅޭ (ދެވަނަ ފަހަރަށް)

މިކައުންސިލްގެ ނަންބަރު: (IUL)272/272/2025/147 21 ސެޕްޓެމްބަރ 2025 އިޢުލާނާ ގުޅިގެން، ރަޖިސްޓްރޭޝަން ފުރިހަމަކޮށްފައިވަނީ އެނެމެފަރާތަކުން ކަމަށްވާތީވެ، އެއިޢުލާން ބާޠިލުކޮށް އަލުން، އެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

މިކައުންސިލުން ފޯރުކޮށްދެމުންދާ ކުނިމެނޭޖުކުރުމުގެ ޙިދުމަތުގައި ބޭނުންކުރުމަށް ވޭސްޓްކޮމްޕެކްޓް މެޝިނަކާއި (Waste Compact Machine)، ގްލާސް ކްރަޝަރ (Glass Crusher) އެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ދުވަހު މިއިދާރާއަށް ވަޑައިގެން ބީލަން/އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. " ބީލަންހުށަހަޅާފޯމް" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަގު ހުށަހަޅާ ފޯމާއެކު ބީލަން އިވެލުއޭޓްކުރުމުގައި ބޭނުންކުރާނެ އުޞޫލުތައް ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަމުގައި ބައިވެރިވުމަށް 350.00 (ތިންސަތޭކަ ފަންސާސް) ރުފިޔާގެ ނަން-ރިފަންޑެބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކަން ޖެހޭނެއެވެ. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 02 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 11:00 ން ފެށިގެން 08 އޮކްޓޯބަރ 2025 ވާ ބުދަ ދުވަހުގެ 13:00 އާއި ދެމެދު ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. (ފުރަތަމަ އިޢުލާނާއި ގުޅިގެން ރަޖިސްޓްރޭޝަން ފުރިހަމަކޮށްފައިވާ ރަފާތްތަކުން އިތުރަށް ރަޖިސްޓްރޭޝަން ފީދައްކަވަން ނުޖެހޭނެއެވެ.)

ލިންކް: https://forms.gle/Lk8NxnMjAsXF2H5L8

 

މަޢުލޫމާތު ސާފުކުރުން

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއިއެކު އާންމުކުރީމެވެ. ބީލަމާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 14 އޮކްޓޯބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6540042 ނަމްބަރާއެވެ.

ބީލަން ހުށަހެޅުން

ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 16 އޮކްޓޯބަރ 2025  ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ނޫމަރާ ކައުންސިލުގެ މީޓިންގް ރޫމުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބީލަމާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

02 އޮކްޓޫބަރު 2025