ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-PD/IU/2025/0499
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 08 އޮކްޓޫބަރު 2025 10:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މާލެ ޓެކްސީގެ ބްރޭންޑިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް:

މާލެ ޓެކްސީގެ ބްރޭންޑިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލު

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

05 އޮކްޓޯބަރު 2025

އާދިއްތަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

08 އޮކްޓޯބަރު 2025

ބުދަ

10:00

 

މަޢުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

02 އޮކްޓޫބަރު 2025