ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-142/2015/018
ޕަބްލިޝްކުރި ތާރީޚް: 18 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 26 އޮކްޓޫބަރު 2015 12:00
ހުރާ ސްކޫލް، ކ.ހުރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

ހުރާ ސްކޫލުގައި ވަޒީފާ އަދާކުރުމުގެ ފުރުޞަތު:

މި ސްކޫލުގެ އެސިސްޓެންޓް ލައިބްރޭރިއަންގެ މަޤާމަށް މުވައްޒަފަކު ބޭނުންވެގެން 8 އޮކްޓޫބަރު 2015 ގައި ކުރެވުނު GS-142/2015/017 ނަންބަރުގެ އިޢުލާނުގައި ކަނޑައަޅާފައިވާ ޝަރުޠުތަކުގައި 1 މޭ 2015 ގައި ޢަމަލުކުރަން ފެށުނު ދިވެހި ސިވިލް ސަރވިސްގެ މަޤާމްތަކުގެ އަސާސީ ޝަރުޠުތައް ހިމެނިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިޢުލާން ކުރަމެވެ.

މަޤާމު:އެސިސްޓެންޓް  ލައިބްރޭރިއަން

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން:އޮފިސަރ ގްރޭޑް 2

ރޭންކް:ޖީ. އެސް. 4

މުސާރަ:-/5020 ރުފިރާ

ސަރވިސް އެލެވަންސް:-/1500 ރުފިޔާ

އިތުރުގަޑި:އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:   ހުރާ ސްކޫލް، ކ. ހުރާ

 

 

 

އަސާސީ ޝަރުޠު

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (ލައިބްރޭރިއަން / ކިޔަވައިދިނުމުގެ ދާއިރާ) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  'ދިވެހި'  މި  މާއްދާއިން  ދަށްވެގެން  'ސީ'  ގްރޭޑް  ލިބިފައިވުމާއެކު،   ލައިބްރޭރިއަން/ކިޔަވައިދިނުމުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ކޮންމެ އަހަރެއް ނިމުމުން، ލައިބްރަރީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ނައްތާލެވޭ ފޮތްތަކުގެ ރިކޯޑާއި، ހަލާކުވާ ފޮތްތަކުގެ ބަދަލު ހޯދުމުގެ ކަންތައްތައް ހަމަޖެއްސުން.

- ފޮތްތަކުގައި ނަންބަރު ޖެހުން.

- ދަރިވަރުންނާއި މުދައްރިސުންނަށް ފޮތްތައް ބޭނުންކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.

- ލައިބްރަރީގައިވާ ފޮތްތަކުގައި ކަރުދާސްލައި ބެލެހެއްޓުން.

- ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް ފަސޭހަވާނެ ފަދައިން ލައިބްރަރީ އިންތިޒާމްކޮށްފައި ހުރުން.

- ލައިބްރަރީ ހުޅުވުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި، އެކަން ބެލެހެއްޓުން.

- ލައިބްރަރީއާއި ލައިބްރަރީގެ ކްލާސް ރޫމްތަކުގައި ދަރިވަރުން އުޅޭއިރު ދަރިވަރުން ބެލެހެއްޓުން.

- ކިޔަވައިދިނުމާ ގުޅުންހުރި ކަންތައްތަކުގައި އެހީތެރިވެދިނުން.

- ސްޓޫޑެންޓް ސަރވިސަސްއާ ގުޅުން ހުންނަ (ލީވިންގ ސެޓިފިކެޓް ހެދުމާއި، އޭލެވެލް އިމްތިޙާނާ ގުޅުންހުރި މަސައްކަތްތަކާއި، ރިސެޕްޝަނުގެ މަސައްކަތްތަކާއި، އަހަރީ އިނާމުދިނުމުގެ ޖަލްސާގެ މަސައްކަތްތަކާއި، ސްޓޫޑެންޓް އެންރޯލްމަންޓުގެ މަސައްކަތްތައް) އޮފީހުން އަންގާގޮތެއްގެމަތިން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޝަރުޠު ހަމަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު، ސްކޫލުގެ އޮފީހުން ލިބެން ހުންނާނެ)

- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- މުއްދަތު ހަމަނުވާ އައި.ޑީ ކާޑުގެ ކޮޕީ (ލިޔެފައިވާ ލިޔުތައް ކިޔަން އެނގޭފަދަ ސާފު ފޮޓޯކޮޕީ)

- ތަޢުލީމީ ސެޓްފިކެޓްތަކާއި ފަންނީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރެވިފައިވާ ކޮޕީ)

- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑު ޖެހިލިޔުމެއް ލިޔުމެއް (އުޅެފައިވާ މަޤާމާއި، ރޭންކާއި، މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.)

- ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރާ ފަރާތެއްނަމަ، މުވައްޒަފުންގެ މަސައްކަތުގެ ފެންވެރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި، އަޚްލާޤު ހުރިގޮތް ބަޔާންކުރާ ފޯމް (ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމު ހުށަނާޅައިފިނަމަ، ފޯމުގައި ދޭންޖެހޭ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

އިންޓަވިއުކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން އޮންނާނީ، 2015 އޮކްޓޫބަރު 27 ވާ އަންގާރަ ދުވަހު ހުރާސްކޫލުގައެވެ.

- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:  

މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން، މަތީގައިވާ ލިޔުންތައް، 2015 އޮކްޓޫބަރު 26 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ހުރާ ސްކޫލަށް ހުށަހެޅުން އެދެމެވެ.

5 މުޙައްރަމް 1437

18 އޮކްޓޫބަރު 2015