ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177-B2/1/2025/13
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 10:12
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ފަންނުވެރިންގެ ދަފްތަރު އަދާހަމަކުރުން

            ފަންނުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށާއި، މި ދާއިރާއަށް އަލަށް ގުޅޭ ފަރާތްތަކަށާއި، ފަންނުވެރިންނަށް އަދި ފަންނު ދަސްކުރަމުން ގެންދާ ފަރާތްތަކަށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން، މާލީ އެހީތެރިކަން ދޫކުރެވޭ ދާއިރާތަކުގެ ތެރޭގައި ޕާރފޯމިންގ އާޓްސް އަދި ވިޝުއަލް އާޓްސްގެ ދާއިރާތައް  ކަމުގައި މި މިނިސްޓްރީން ކަނޑައަޅާފައި ވާތީ މިމަސައްކަތް ފެށުމުގެ ގޮތުން ފަންނުވެރިންގެ ދަފްތަރެއް އަދާހަމަކުރުމަށް މި މިނިސްޓްރީން ބޭނުންވެއެވެ.

-                 ޕާރފޯމިންގ އާޓްސް (Performing Arts): މިއީ މިއުޒިކާ، ނެށުން، ތިއޭޓަރު އަދި ކުޅިވަރުތައް ފަދަ ދާއިރާތަކެވެ. މީގެ ތެރޭގައި ބޮޑުބެރާއި ބަނޑިޔާ ޖެހުން ފަދަ ސަގާފީ ކުޅިވަރުތައް ހިމެނެއެވެ.

-                 ވިޝުއަލް އާޓްސް (Visual Arts): މި ދާއިރާތަކުގައި ހިމެނެނީ ޕެއިންޓިންގ، ކުރެހުން، ކަލިގްރަފީ، ރިހިނެގުން (Sculpture)، ފޮޓޯގްރަފީ އަދި ޑިޖިޓަލް އާޓް ފަދަ ކަންކަމެވެ.

 

ވީމާ، ފަންނުވެރިންގެ ދަފްތަރުގައި ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކާއި އަދި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން މި އިޢުލާނާއިއެކު ހިމަނާލެވިފައިވާ އުޞޫލާއިއެއްގޮތަށް ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމު ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3313456 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

https://shorturl.at/HCBH8

02 އޮކްޓޫބަރު 2025