ދިވެހިރާއްޖެ
މި ސްކޫލް އިމާރާތުގެ ކުލަދަވާދު އައުކުރުމާއި ސްކޫލް ގޯތިތެރެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު 20/2015/GS118 ނަންބަރު އިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
29 އޮކްޓޫބަރު 2015 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 1:00 |
10 ނޮވެންބަރު 2015 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 1:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖައްސާފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560570 އަދި 6561807 ނަންބަރު ފޯނާއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
09 މުޙައްރަމް 1437