މަސައްކަތް
ނަންބަރު: (IUL)306/306/2015/103
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 27 އޮކްޓޫބަރު 2015 11:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގައި ރައްކާކުރާ ނިޒާމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން

ރ.ރަސްމާދޫގައި ޤާއިމުކުރާ ވާރޭފެން ނަގައި ރައްކާކުރާ ނިޒާމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކައުންސިލްގެ ނަންބަރު IUL)306/306/2015/83)ފ(03 އޮކްޓޫބަރު 2015) ގެ އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ ދެފަރާތުން ކަމަށްވުމާއެކު، އެ އިޢުލާނު ބާޠިލުކޮށް، އަލުން އެމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި ހުކުރު މިސްކިތުގެ ދެކުނުން އޮތް ސަރަޙައްދާއި އަދި ޕްރީސްކޫލްގެ އައު އިމާރާތުގެ ދެކުނުން އޮތް ހުސް ސަރަޙައްދުގައި ޤާއިމުކުރާ ވާރޭފެން ނަގައި ރައްކާކުރާ ނިޒާމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

އަދި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ، މަޢުލޫމާތު ސާފުކުރުމުގެ ސެޝަނަށް ވަޑައިގަތުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. އަދި މިކަމަށް ތައްޔާރު ކުރެވިފައިވާ ބިޑް ޑޮކިޔުމަންޓްސްތައް ކައުންސިލުން ލިބެން ހުންނާނެވާހަކަވެސް ދަންނަވަމެވެ.

މަޢުލޫމާތު ދިނުން

ބިޑް ހުށަހެޅުން

 27 އޮކްޓޫބަރު 2015، (އަންގާރަ) 11:00 (ހެނދުނު)

 05 ނޮވެންބަރު 2015، (ބުރާސްފަތި) 11:00 (ހެނދުނު)

ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢޫލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ހާޒިރުވެލައްވާނަމަ، ހާޒިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މިކައުންސިލްގެ ނަންބަރު: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

1-   މަސައްކަތުގެ އަގު (50 އިންސައްތަ)

2-   މަސައްކަތް ނިންމޭނެ މުއްދަތު (15 އިންސައްތަ)

3-   މަސައްކަތް ކުރުމަށް ބޭނުންވާ އާލާތްތައް ހުރިމިންވަރު (15 އިންސައްތަ)

4-   މަސައްކަތަށް ޤާބިލު ބޭފުޅުން ފޯރުކޮށްދެވޭ މިންވަރު (15  އިންސައްތަ)

5-   މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތު ( 5 އިންސައްތަ )

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 އޮކްޓޫބަރު 2015