ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 153-BS/2015/11
ޕަބްލިޝްކުރި ތާރީޚް: 19 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 28 އޮކްޓޫބަރު 2015 14:00
އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
އެގްޒާމް އިންވިޖިލޭޓަރ (ވަގުތީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

އެގްޒާމް އިންވިޖިލޭޓަރ (ވަގުތީ)

މުސާރަ:

ގަޑިއަކަށް -/100 ރުފިޔާ

މަސައްކަތުގެ މުއްދަތު:

7 ނޮވެންބަރު 2015 ން 21 ނޮވެންބަރު 2015 އަށް

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ އެމް. އެން. ޔޫ. ބިޒްނަސް ސްކޫލް

މަޤާމުގެ ޝަރުޠުތައް:

ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުގައި 2 (ދޭއް) މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

އެގްޒާމް ހޯލުގައި ހިނގާ ކަންތައްތައް، އެގްޒާމް ކޯޑިނޭޓަރުގެ އިރުޝާދާ އެއްގޮތަށް ބެލެހެއްޓުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)

ސުންގަޑި:

2015 އޮކްޓޫބަރު 28 ވާ ބުދަދުވަހުގެ 14:00 ގެ ކުރިން، އެމް. އެން. ޔޫ. ބިޒްނަސް ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

1. ކުރިން މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

2. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3345469 ނަންބަރު ފޯނާއެވެ.

6 މުޙައްރަމް 1437

 

19 އޮކްޓޫބަރު 2015