ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)493-YE/493/2025/178
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 15:02
ސުންގަޑި: 07 އޮކްޓޫބަރު 2025 14:00
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
ޒުވާނުންގެ އިނާމު 2025

           ޒުވާނުންގެ އިނާމު 2025 އާ ގުޅިގެން 10 ސެޕްޓެމްބަރު 2025 ގައި މި މިނިސްޓްރީން ކުރެވުނު ނަންބަރު (IUL)493-YE/493/2025/161 އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ. އެ އިޢުލާނުގައިވާ ޒުވާނުންގެ އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑި 07 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 14:00 އަށް އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

           ވީމާ، މި އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް: https://shorturl.at/cuIXw އަދި ސޯޝަލް ސެންޓަރ ރިސެޕްޝަނުން ލިބެން ހުންނާނޭ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއެކު އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

          މި އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.

                              09 ރަބީޢުލްއާޚިރު 1447

01 އޮކްޓޫބަރު 2025