ނީލަން
ނަންބަރު: 216-MPAO-GS/IUL/2025/23
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 14:28
ސުންގަޑި: 08 އޮކްޓޫބަރު 2025 12:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މިއޮފީހުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތިި ނީލަން ކިޔުމާގުޅޭ

މިއޮފީހުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި (ލެޕްޓޮޕް، މޭޒު، ގޮނޑި، ޓީވީ، ފޮޓޯކޮޕީ މެޝިން ފަދަތަކެތި) ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުން އެދެމެވެ. 

 

ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނީ ކަނޑައަޅާފައިވާ ސުންގަޑީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށެވެ. އަދި ނީލަމުގެ އަގު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުން:

ހުށަހަޅާނެ ގޮތް:  މި ލިންކުގައިވާ ގޫގުލް ފޯމް (https://forms.gle/gDzPXMSWyJBzcRmd9) މެދުވެރިކޮށް.

ހުށަހެޅުމުގެ ސުންގަޑި: 08 އޮކްޓޫބަރު 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން.

 

މަޢުލޫމާތު ކަރުދާސް:

ކަނޑައަޅާފައިވާ ސުންގަޑީީގެ ކުރިން އީ.އޯ.އައި ހުށަހަޅާ ފަރާތްތަކަށް އިޢުލާނާގުޅޭ މަޢުލޫމާތު ކަރުދާސް 08 އޮކްޓޯބަރު 2025 ވަނަ ދުވަހުގެ 16:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޙިއްޞާކުރެވޭނެއެވެ.  

 

މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ.

01 އޮކްޓޫބަރު 2025