ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LMS/468/2025/241
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 12:37
ސުންގަޑި: 09 އޮކްޓޫބަރު 2025 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތްހޯދުން

ފުވައްމުލަކު ފުނާޑު މޫލެގަން ހިގުމުގެ ދެކުނުން، ސީނިކް ގޯތީގެ ހުޅަގު ދެކުނުން އޮތް ބިމުގައި (ފުވައްމުލަކުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޓިވެޓް ސެންޓަރު އެޅުމަށް ކަނޑައަޅާފައިވާ ބިން) ހުރި ތިރީގައި މި ދަންނަވާ ރުއްގަސްތަކުގެ މިލްކުވެރިފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

  • 01 އިން 116 އަށް ނަންބަރު ޖަހާފައިވާ ރުއްގަސްތައް
  • 56 ފަތްކެޔޮ ގަސް

 ވީމާ މި ރުއްގަސްތަކުގެ މިލްކުވެރިފަރާތެއް ވާނަމަ 2025 އޮކްޓޫބަރު 07 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ އެ ރުއްގަސްތަކުގެ މިލްކުވެރިކަން އެނގޭނެ ލިޔުމާއިއެކު ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް މެނޭޖްމަންޓް ސެކްޝަނަށް (ކުރީގެ ފުވައްމުލަކު އޮފީސް ހުރި ޢިމާރާތް) ހުށަހެޅުއްވުން އެދެމެވެ.   

01 އޮކްޓޫބަރު 2025