ނޫސްބަޔާން
ނަންބަރު: (PR)218-Admin/218/2025/5
ޕަބްލިޝްކުރި ތާރީޚް: 01 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 11:46
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މަތީ ތަޢުލީމުދޭ މަރުކަޒުތަކުން، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ޕްރޮގްރާމްތައް ހިންގަމުން ދިއުމާ ގުޅޭ

މަތީ ތަޢުލީމުދޭ މަރުކަޒުތަކުން، ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ގައި އައުޓް ރީޗް ސެންޓަރ، ރަޖިސްޓަރީނުކޮށް އެމް.ކިއު.އޭ އިން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ކުރިއަށްގެންދާކަން ވަނީ ފާހަގަކުރެވިފައެވެ.

 

މިގޮތަށް ހުއްދަ ނުހޯދާ ކުރިއަށްގެންދާ ޕްރޮގްރާމްތަކަށް މަރުކަޒުތަކުން ދޫކުރަމުން އަންނަ ސަނަދުތަކަކީ އެމް.ކިއު.އޭ އިން ބަލައިގަނެވޭނެ ސަނަދުތަކެއް ނޫންކަމުގައި ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އިއާދަނުކުރެވޭ ގެއްލުން ލިބުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ދަންނަވަމެވެ.

 

ވުމާއެކު، ކައުންސިލްތަކުން، މަތީ ތަޢުލީމުދޭ މަރުކަޒަކާ ގުޅިގެން ޕްރޮގްރާމެއް ހިންގަނީ ނަމަ އެ މަރުކަޒެއްގެ އައުޓް ރީޗް ސެންޓަރ އަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ގައި ރަޖިސްޓަރީ ކުރެވި އެ ރަށެއްގައި ހިންގުމުގެ ހުއްދަ ދީފައިވާ އަދި އެރަށެއްގެ އައުޓް ރީޗް ސެންޓަރގައި އެމް.ކިއު.އޭ އިން އެ ޕްރޮގްރާމެއް ހިންގުމުގެ ހުއްދަ ދީފައިވާ ޕްރޮގްރާމެއްކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. ވީމާ، މިކަން ކައުންސިލްތަކާއި އާންމުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

01 އޮކްޓޫބަރު 2025