ދިވެހިރާއްޖެ
އިޢުލާން
2025 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް. އެސް. ސީ) އިމްތިހާނުގެ ޖަވާބު ކަރުދާސް މާކު ކުރުމުގެ މަސައްކަތަށް ކްލެރިކަލް މުވައްޒަފުން ހޯދުން
މަޤާމު |
ކްލެރިކަލް މުވައްޒަފު |
||||||||||||
އަދަދު |
14 |
||||||||||||
މަސައްކަތް ކުރަންޖެހޭ ތަން |
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް |
||||||||||||
އުޖޫރަ |
ކްލެރިކަލް މާކިންގ މަސައްކަތަށް ކަނޑައެޅިފައިވާ އުޖޫރައަކީ ގަޑިއަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ. އަދި ޑީ.ޕީ.އީގައި މާކިން މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.
|
||||||||||||
ޝަރުޠު: |
|
||||||||||||
މަސްޢޫލިއްޔަތުތައް: |
4.1 މިއިމްތިޙާނުގައި މާކުކުރާ ކޮންމެ މާކަރަކު މަސައްކަތް ފެށުމުގެ ކުރިން މާކަރުންގެ އިޤުރާރުގައި އަދި އެއްބަސްވުމުގައި ސޮއި ކުރިކަން ކަށަވަރުކުރަންވާނެއެވެ. 4.2 މާކިން މަސައްކަތަށް މާކަރު ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި ޙާޟިރީގައި ސޮއިކޮށް، ޙާޟިރުވި ގަޑި ޖެހިކަން ކަށަވަރުކުރަންވާނެއެވެ. 4.3 ޙާޟިރުވާ ކޮންމެދުވަހެއްގެ ކޮންމެ ދަންފަޅިއެއްގައި އެގްޒޭމިނަރުން (ޗީފް އެގްޒޭމިނަރު، ލީޑް އެގްޒޭމިނަރުން، މޮޑަރޭޓިން އެގްޒޭމިނަރުން، އޮޑިޓިން އެގްޒޭމިނަރުން) އާއި މާކަރުންގެ ޙާޟިރީ ބަލަހައްޓަންވާނެއެވެ. 4.4 މާކަރުންނަށް ބާއްވާ މާކިން ޓްރެއިނިންއަށް ބޭނުންވާ ކަރުދާސްތައް ބެހުމާއި، މާކުކޮށް ނިމުމުން ކަރުދާސްތައް ނަގަންވާނެއެވެ. 4.5 މާކިން މަސައްކަތް ފެށުމުން ޖަވާބު ކަރުދާސްތައް (ޕޭޕަރތައް) ރައްކާތެރިކަމާއެކު ބަލަހައްޓަންވާނެއެވެ. 4.6 މާކިން ހިނގަމުންދާއިރު، އެގްޒޭމިނަރުންގެ ޓީމާއި މާކަރުންނަށް އެހީތެރިވެދޭންވާނެއެވެ. އަދި މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕެއް ބަލަހައްޓަންވާނެއެވެ. 4.7 މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕްގައި ތިބޭ މާކަރުންނަށް ކަރުދާސް ޙަވާލުކުރަންވާނެއެވެ. އަދި ނިމުމުން އަނބުރާ އެކަރުދާސްތައް ބަލައިގަންނަން ވާނެއެވެ. 4.8 އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕްގައި ތިބޭ މާކަރު މާކު ކޮށްފައިވާ ކަރުދާހުގައި ދީފައިވާ ޢަދަދާއި މާކުސް ޝީޓްގައިވާ ޢަދަދު ދިމާވޭތޯ ޗެކްކުރަންވާނެއެވެ. އަދި މާކު ނުކުރާ ސުވާލެއް އޮތްތޯއާއި ދޭންވާ ވަރަށްވުރެ އިތުރަށް މާކްސް ދީފައިވޭތޯ ޗެކްކުރަންވާނެއެވެ. 4.9 ޗެކްކޮށް ނިމޭ ކަރުދާސްތައް އެ ގްރޫޕެއްގެ ލީޑް އެގްޒޭމިނަރުންނާއި، އޮޑިޓިން އެގްޒޭމިނަރުންނާއި، މޮޑަރޭޓިން އެގްޒޭމިނަރުންނާއި ޙަވާލުކުރަންވާނެއެވެ. އަދި އެގްޒޭމިނަރުންގެ މަސައްކަތް އެއްކޮށް ނިމުމުން އެކަރުދާހަށް ލިބުނު މާކުސްތައް އެންޓަރކުރަންވާނެއެވެ. 4.10 މާކިން ހިނގަމުންދާއިރު، ދުވަހުން ދުވަހަށް ތަކެތި (އެ ގްރޫޕެއްގައި ހިމެނޭ މާކަރުންގެ ގަލަން، ފަންސޫރު، ރަބަރު، ކަލްކިއުލޭޓަރު ފަދަ ތަކެތި) ހަމަކޮށް ގަޑިއަށް މާކިން ފެށޭވަރަށް ހޯލް ތައްޔާރުކުރަންވާނެއެވެ. 4.11 މާކިން ހިނގަމުންދާއިރު، އިދާރީގޮތުން މާކިން މަސައްކަތްކުރާ އެހެން ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދޭންވާނެއެވެ.
|
||||||||||||
މާކްސް ދެވޭ ގޮތުގެ ތަފްޞީލް
|
|
||||||||||||
ކްލެރިކަލް މަސައްކަތަށް އެދި ހުށަހަޅާ ފަރާތްތަކަށް މާކުސް ލިބޭނެގޮތް
|
|
||||||||||||
މަސައްކަތްކުރަންޖެހޭ މުއްދަތު |
15 ޑިސެމްބަރ 2025 އިން 13 ޖަނަވަރީ 2026 އަށް |
||||||||||||
ހުށަހަޅަންޖެހޭ ތަކެތި: |
ނޯޓް: މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް (ހުށަހަޅަންޖެހޭ ތަކެތި) އެއް ޑޮކިއުމެންޓެއްގެ ގޮތުގައި ޕީ.ޑީ. އެފް ފޯމެޓަށް ތައްޔާރުކޮށް ގޫގުލް ފޯމުގައި އެޓޭޗު ކުރަންވާނެއެވެ.
|
||||||||||||
ސުންގަޑި: |
09 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން |
||||||||||||
އެދެންވީ ގޮތް: |
https://forms.gle/tdywrEBwNt9Hbzxg8
|